މަސައްކަތް ނުކޮށް އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ދިން މައްސަލައެއް

މި ކުންފުންޏަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި ޖޭޕީން އެމްޑީޕީއަށް ސޮއިކުރެއްވި އަލީ ހަމީދުގެ ކުންފުންޏެކެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު އާއި އެމްޑީޕީގެ އިސްވެރިން

ރިޔާސީ އިންތިހާބުގެ ދުވަސްވު ޖޭޕީން އެމްޑީޕީ އަށް ސޮއިކުރެއްވި މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އޮފީސް އިމާރާތެއް އަޅަން ހަވާލުކޮށް، މަސައްކަތް ނުފަށާ އެޑްވާންސަށް 44 މިލިއަން ރުފިޔާ ދިން މައްސަލެއް ފެންމަތިކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އާސަންދާގައި ހުރި މައްސަލަތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވަނީ އިންތިހާބުން ރިޔާސީ އިންތިހާބުގެ އިންތިގާލީ މަރުހަލާގައި އާސަންދަ އިން ހިޔާނާތައް ތުހުމަތު ކުރެވޭ އެތައް އާސަންދަ އިން ހިއްސާ ކުރި މައުލޫމާތު އެނގެން އެބައޮތެވެ. 

މިގޮތުން އެއް މައްސަލައެއްގެ ގޮތުގައި ނާޒިމް ވިދާޅުވި ގޮތުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ފެށުން އައިސްފައިވަނީ 2016 ވަނަ އަހަރު ނޯތު ކޯސްޓް ކޮންޓްރެކްޓާސް ކުންފުންޏަށް ހަ ބުރީގެ ހޮސްޕިޓަލެއް އަޅަން އާސަންދަ ކުންފުނިން ދިން ހިސާބުންނެވެ. 

"މަސައްކަތް ހަވާލުކުރީ 61 މިލިއަން ރުފިޔާއަށް. ކޮންމެވެސް ހިސާބަކުން އާސަންދައިން މި މަޝްރޫއު ކެންސަލް ކުރީ. ކެންސަލް ކުރީމަ ބަދަލުގެ ގޮތުގައި ދޭން ޖެހޭ 61 މިލިއަން ނޫނީ 18.3 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް ބެލެވުނީ،" ނާޒިމް ވިދާޅުވި އެވެ.

18 މިލިއަން ބަދަލުގެ ބަދަލުގައި ދިނީ 44 މިލިއަން

ނޯތް ކޯސްޓް ކުންފުންޏަށް ހަވާލުކުރި މި މަސައްކަތް އޮތްގޮތަށް އޮއްވައި ނަމަވެސް 2022 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މި ބަދަލު ދޭން ޖެހޭތީ ހަ ބުރީގެ ހޮސްޕިޓަލްގެ ބަދަލުގައި 10 ބުރީގެ އޮފީހެއް ހުޅުމާލޭގައި އިމާރާތެއް އަޅަން ދީފަ އެވެ.

ނައިބް ރައީސް ނާޒިމް ވިދާޅުވި ގޮތުގައި މި އޮފީސް އިމާރާތުގެ އެއްވެސް ކަމެއް ކޮށްފައި ނެތްއިރު އެ ބިން އޮތްގޮތަށް އެބައޮތް ކަމަށެވެ.

"މި 44 މިލިއަން ރުފިޔާ ގެއްލިފައި ކަމަށްވަނީ. މިކަމާ ގުޅޭ ސައްހަ މައުލޫމާތު އާސަންދައިން ބޭނުންވޭ. އިކޮނޮމިކް ކައުންސިލުން ކުރި ކަމަކުން ނަމަވެސް 44 މިލިއަން ރުފިޔާ ދައުލަތުން ގެއްލުވައެއް ނުލެވޭނެ. 18.3 މިލިއަންގެ ބަދަލެއް ދޭން ޖެހިދާނެތީވެ 61 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއް ދީފަ 44 މިލިއަން ރުފިޔާ އެޑްވާންސަށް ދިނީ. މިއި އޭރުގެ މަޖިލިސް މެންބަރެއްގެ ކުންފުންޏެއް،" ނާޒިމް ވިދާޅުވި އެވެ.

ނޯތް ކޯސްޓް ކޮން ބައެއް ؟ - އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ނޯތްކޯސްޓް ކޮންޓްރެކްޓާސް ކުންފުނީގެ އެމްޑީއަކީ އަލީ ހަމީދު އެވެ. އެއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޖޭޕީން އެމްޑީޕީއަށް ސޮއިކުރެއްވި މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެވެ. މި ކުންފުނީގެ އެމްޑީއަކީ ވެސް އަލީ އެވެ. ދެން ހިމެނޭ އަނެއް ހިއްސާދާރަކީ އަލީ ހިޔާން އެވެ. މި ކުންފުނީގެ ވިޔަފާރިގެ ހަރަކާތްތަކަށް ބަލާއިރު 7، އޮގަސްޓް 2016 ގައި އުފެއްދި މި ކުންފުނީގެ ބޯޑަށް އަލީ އިޔާން އައްޔަން ކޮށްފައިވަނީ 4، މެއި 2021ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.