އާ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައިވާ މުނައްވަރު މިހާރު ހުންނެވީ ވަޒީރެއްގެ ފެންވަރުގައި ފިނޭންސްގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ. އޭނާ ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މުނައްވަރު އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ހުށަހެޅީ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ބުނެ، ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިނުމުން އޭނާ މަގާމުން ވަކި ކުރުމަށް ފަހު އެވެ.
ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަނު ކުރުމަށް ރައީސަށް ލަފާ ދޭން ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމެޓީގައި މައްސަލަ ދިރާސާކޮށް އޭނާއާ އިންޓަވިއު ވެސް ކުރުމަށްފަހު އެވެ. ކޮމެޓީގެ ނިންމުމަށް މިއަދު ތަޅުމުގައި ވޯޓަށް އެހުމުން، އޭނާ އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް 78 މެންބަރުން ވަނީ ވޯޓު ދީފަ އެވެ.
އާ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައިވާ މުނައްވަރު މިހާރު ހުންނެވީ ވަޒީރެއްގެ ފެންވަރުގައި ފިނޭންސްގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ. އޭނާ ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.
ކުރީން އެ މަގާމުގައި ހުންނެވި ހާޝިމް މަގާމުން ވަކިކޮށްފައި ވަނީ އޭނާ މާލީ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހުގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުންނެވެ. އޭނާ ވަކިކޮށްފައި ވަނީ މަޖިލީހުގެ 63 މެންބަރުންގެ ވޯޓުންނެވެ.