މަގުމަތީ ބާޒާރުތައް ބޭއްވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅައިފި

މި ބަދަލާއެކު ނައިޓް މާކެޓް ނުވަތަ މަގު މަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލުގައިވާ ގޮތުން ދެން މިފަދަ ބާޒާރުތައް ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 10 ދުވަހެވެ.

މާލޭގައި މީގެ ކުރީން ބޭއްވި ނައިޓް މާކެޓެއް

ފަހަކަށް އައިސް ބޭނުން މުއްދަތަކަށް ބާއްވަމުން ދާ ނައިޓް މާކެޓުތައް ބޭއްވޭނެ އެންމެ ދިގު މުއްދަތު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ. 

އިކޮނޮމިކް މިނިސްޓްރީން އިސްލާހުކޮށް ނެރެފައިވާ ފެއާތަކާއި ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫ ކުރުމުގައި އަމަލު ކުރާނެ އުސޫލުގައިވާ ގޮތުން ދެން މިފަދަ ބާޒާރުތައް ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 10 ދުވަހެވެ. 

ރާއްޖޭގައި ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މަގުމަތީ ބާޒާރު ބާއްވަ އެވެ. އޭރު މި ބާޒާރު ބާއްވަމުން ދިޔައީ ވިޔަފާރިތަކުން ނުވިކި ހުންނަ މުދާ ވިއްކާށެވެ. 

މިގޮތުން މި ބާޒާރު އެންމެ ދިގު ކޮށްވެސް އޮންނަނީ 7-5 ދުވަހާ ދެމެދުގެ މުއްދަތެއްގަ އެވެ. ނަމަވެސް މާލެ އާއި ހުޅުމާލޭގެ ބޮޑެތި ހުސް ޖާގަތަކުގައި މިހާރު ބޮޑެތި ބާޒާރުތައް 15 ދުވަހުގެ މުއްދަތަށް އޮވެ އެވެ. މި ބާޒާރުތަކުގައި ވިޔަފާރި ކުރަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.