އެޗްއާރްސީއެމްއަށް ހަބީބް އައްޔަނު ކުރަން ކޮމެޓީން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމެޓީން އިއްޔެ ވަނީ ހަބީބްއާ އިންޓަވިއުކޮށްފަ އެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އޭނާ އެ ކޮމިޝަނަށް އައްޔަނު ކުރަން ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ.

އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް: އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަނުކުރަން ކޮމެޓީން ވަނީ ފާސްކޮށްފައި --

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ ގޮނޑިއަށް، އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ހަބީބް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، އެމަގާމަށް ހަބީބް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ހިއުމަން ރައިޓްސް ކޮމެޓީން އިއްޔެ ވަނީ ހަބީބްއާ އިންޓަވިއުކޮށްފަ އެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އޭނާ އެ ކޮމިޝަނަށް އައްޔަނު ކުރަން ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންނަކީ؛

  • މަރިޔަމް މުނާ (ރައީސް)
  • އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު
  • މުއުމިނާ ވަހީދު
  • ސަމާއު އަހުމަދު ނަޖީބް

ހަބީބް ކުރިން ހުންނެވި އީސީގެ މެންބަރު ކަމުގެ ދައުރު ހަމަވެފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ހަބީބް ވަނީ އީސީގެ މެމްބަރުކަން ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. ދެވަނަ ދައުރަކަށް ހަބީބް އައްޔަނުކޮށްފައި ވަނީ މާޗު 13، 2019 ގަ އެވެ. އަދި، ކޮމިޝަންގެ ނައިބް ރައީސްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ޖެނުވަރީ 25، 2021 ގައެވެ.

ހަބީބަކީ އީސީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފެވެ. ވޭތުވެ ދިޔަ 21 އަހަރު އޭނާ މަސައްކަތް ކުރެއްވީ އެ ކޮމިޝަންގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.