ފެނަކަ ކެންދޫ އިންޖީނުގެ | ހަވާލުކީ 8 މިލއަނަށް، އަގުމަތިކުރަމުން ގޮސް ހުރީ 10 މިލިއަންގަ

މިނިސްޓަރު ވިދާޅުވި ގޮތުގައި ހަވާލުކޮށްފައިވަނީ ސީސައިޑް މޯލްޑިވްސް ކިޔާ ކުންފުންޏާ އެވެ. މި މަޝްރޫއު ހަވާލުކުރީ 2021 ވަނަ އަހަރު އެވެ.

ރަށެއްގެ އިންޖީނުގެ ގެއެއް، ފެނަކަ އިން ހަވާލު ކުރި ގިނަ އިންޖީނުގެތައް ހުރީ ނުނިމި

ފެނަކައިން ކެންދޫގައި އަޅަން ހަވާލުކުރި އިންޖީނުގޭގެ އަގަކީ 8 މިލއަނަށް ކަމަށާ ނަމަވެސް، ވޭރިއޭޝަންތައް އިތުރު ކުރަމުން ގޮސް އެ މަޝްރޫއުގެ އަގު 10 މިލިއަންއަށް ޖައްސާފައި ހުރިކަން ހާމަވެއްޖެ އެވެ. 

މިކަން ހާމަވީ 2021 ވަނަ އަހަރު ހަވާލުކުރި ފެނަކަ އިންޖީނުގެ ނުނިމޭތީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއަށް ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ދެއްވި ޖަވާބުންނެވެ. 

ޓޫރިޒަމް ޖަމިއްޔާއެއް ހިންގުމުގައި ކުރިން އުޅުއްވުމަށްފަހު ކެމްޕޭން ތެރޭގައި އެމްޑީޕީއާ ގުޅިގެން ކެންދޫ ގޮނޑި ކާމިޔާބު ކުރެއްވި މައުރޫފު ޒާކިރު ވިދާޅުވީ ކެންދޫ އިންޖީނުގެ ލަސްވުމަކީ ކެންދޫގެ ރައްޔިތުންނަށް ނުހަނު ގެއްލުންވާ ކަމެއް ކަމަށާ، އެތަން ލަސްވާ ސަބަބު ސާފު ކޮށްދެއްވުން އެދޭ ކަމަށެވެ. 

މިނިސްޓަރުގެ ޖަވާބު - މިނިސްޓަރު ތޯރިގު ވިދާޅުވީ އެ އިންޖީނުގެ ފެނަކަ ކުންފުނިން ސީސައިޑް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އޭރު މަޝްރޫއުގެ އަގަކީ އަށް މިލިއަން ރުފިޔާ އެވެ. ނަމަވެސް އިންޖީނުގެ ހަދަން ހަވާލުކުރި ބިމަށް ބަދަލުތަކެއް އައިސްފައިވެ އެވެ. އަދި އީއައިއޭ ހެދުމުގައި އިސްލާހުކޮށް ބީއޯކިއުއަށް ބަދަލު ގެންނަން ޖެހިފައިވެ އެވެ. މި ސަބަބާހުރެ މަސައްކަތް ފެށީ 20، ޑިސެމްބަރު 2022 ގަ އެވެ. މި ސަބަބުތަކުގެ ސަބަބުން ކޮންޓްރެކްޓަރުން މުއްދަތު ދީފައިވެ އެވެ. މިގޮތުން 1، މެއި 2022 ގައި ނިންމަން ޖެހޭ މަޝްރޫއު 31، މެއި 2023 އަށް ވަނީ އިތުރުކޮށް ދީފަ އެވެ. މި މުއްދަތަށް ވެސް މަސައްކަތް ނިމިފައެއް ނެތެވެ. ނަމަވެސް 11، ނޮވެމްބަރު 2023 ގައި މުއްދަތު އިތުރުކޮށްފައެއް ނެތް. މި ތާރިހުތައް ނިމުނުއިރު ނިމުނީ 50 ޕަސެންޓެވެ. މިހާތަނަށް ގެނެސްފައިވާ ވޭރިއޭޝަނާއެކު މަޝްރޫއުގެ އަގު 10.3 މިލިއަން ރުފިޔާއަށް މަތިވެފައިވެ އެވެ. މިހާތަނަށް ތިން މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދީފަ އެވެ. 

"މަސައްކަތް މިވަގުތު ހުއްޓިފައިވަނީ މި އިންޖީނުގެ އެޅުމަށް ބޭނުންވާ ފައިސާ ނެތިގެން ކަމަށް ފެނަކައިން މައުލޫމާތު ދީފައިވޭ. ފައިސާ ހަމަޖެހުމުން ހަ މަސް ތެރޭ ނިންމާލެވޭނެ،" ތޯރިގު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.