މަންޑޭގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް

މި މައްސަލައިގައި މަންޑޭގެ އިތުރުން އޭނާގެ ޕާޓްނަރެއް ކަމަށްވާ ރ. އަލިފުށި ކިނާރާގެ، ޖައިޝާން ސައީދަށް ވެސް މި ދައުވާތައް ވަނީ ކޮށްފަ އެވެ.

ހަސަން މަމްދޫދު (މަންޑޭ): އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައި

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ހިޔާނާތުގެ ދައުވާތައް އުފުލާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ކޭޕާކް އެޕާޓްމެންޓްތައް ވިއްކުމުގައި ހިޔާނާތްތެރިވި މައްސަލައިގައި މަންޑޭގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށް، 104 ދައުވާ ވަނީ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތަކަކާއި، އޮޅުވާލުމުގެ ކުށުގެ ދައުވާތަކަކާއި، ޓެކުމުގެ ދައުވާތަކެއްގެ އިތުރުން މަނީލޯންޑަރިންގެ ކުށުގެ ދައުވާތަކެކެވެ.

މި މައްސަލައިގައި މަންޑޭގެ އިތުރުން އޭނާގެ ޕާޓްނަރެއް ކަމަށްވާ ރ. އަލިފުށި ކިނާރާގެ، ޖައިޝާން ސައީދަށް 98 ދައުވާ ވަނީ ކޮށްފަ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވާފަ އެވެ. އަޑުއެހުމެއް ދެ މީހުން ވެސް އައީ ވަކީލަކާ ނުލަ އެވެ. އެހެންކަމުން ވަކީލަކު ހަމަޖައްސަން ދެ މީހުންނަށް ވެސް 10 ދުވަހު ފުރުސަތެއް ކޯޓުން ވަނީ ދީފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައި ވަނީ 41 އެޕާޓްމެންޓް 107 މީހަކަށް ވިއްކާފައިވާ ކަމަށެވެ. މަންޑޭ ދިރިއުޅެމުން ދިޔަ ޕެންޓްހައުސް / އެޕާޓްމެންޓުން ހަތް މިލިއަނުގެ އަގުހުރި ތަކެތި ވަނީ ދައުލަތަށް ނަގާފަ އެވެ. އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ. ޕެންޓްހައުސް އާއި އެތަނުން ހިފެއްހެޓި ތަކެތީގެ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓް ހިއްސާދާރަކީ ޗައިނާގެ ޖިން ޝީ ހޫ އެވެ. މަމްދޫހަކީ ފަސް ޕަސެންޓްގެ މައިނޯރިޓީ ހިއްސާދާރެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.