ޓޫރިޒަމް މާކެޓު ކުރަން ވެލްކަމް އިންޑއާ | މިނިސްޓަރު އިންޑިއާގައި

މި ރޯޑްޝޯ އިންޑިއާގެ ތިން ސިޓީއެއްގައި އޮންނާނެ އެވެ. މަގުސަދަކީ އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ޓޫރިޒަމް މިނިސްޓަރު ފައިސަލް

އިންޑިއާގައި ޓޫރިޒަމް މާކެޓު ކުރަން ގެސްޓްހައުސް ޖަމިއްޔާ އާއި އެމްއެމްޕީއާރުސީ ގުޅިގެން "ވެލްކަމް އިންޑިއާ" ގެ ނަމުގައި ބޮޑު ރޯޑް ޝޯއެއް ފަށައިފި އެވެ.  

އެމްއެމްޕީއާރުސީ އިން ބުނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން އިންޑިއާގެ ތިން ސިޓީއެއްގައި ފެށި މި ރޯޑްޝޯ ތަކުގެ ބޭނުމަކީ އިންޑިއާގެ ޓޫރިސްޓުން އެންމެ ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ހަރުދަނާ ކުރުމެވެ.  

މި އިވެންޓުގައި ބައިވެރިވަޑައިގަތުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިހާރު ހުންނެވީ އިންޑިއާގަ އެވެ.

ރޯޑް ޝޯވްތަކުގެ ތާރީހުތައް

  •  30 ޖުލައި 2024 ގައި ނިއުދިއްލީ
  •  01 އޮގަސްޓް 2024 ގައި މުމްބާއީގައި
  •  03 އޮގަސްޓް 2024 ގައި ބެންގަލޫރު

އެމްއެމްޕީއާރުސީ އިން ބުނީ މި ހައި ޕްރޮފައިލް އިވެންޓުން ދެ ޤައުމުގެ އިންޑަސްޓްރީގެ އިސް ފަރާތްތައް އެއްތަނަކަށް ޖަމާވެ، އާ ޕާޓްނާޝިޕްތައް އުފައްދައި މިހާރު އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭނެ ޕްލެޓްފޯމެއް ލިބިގެންދާނެ އެވެ.

ވެލްކަމް އިންޑިއާ - މި ރޯޑްޝޯގެ މަގްސަދަކީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ލަގްޒަރީ ރިސޯޓްތަކާއި ހިތްގައިމު ގެސްޓްހައުސްތަކާއި މުއްސަނދި ސަގާފީ ތަރިކަ އިންޑިއާގެ ތިން ސިޓީގައި ފާހަގަކުރުމެވެ. ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާކުރުމުގެ އިތުރުން ވިޔަފާރީގެ ފުރުސަތުތައް ހޯދުމުގެ ފުރުސަތުތައް ލިބިގެންދާނެ އެވެ. އަދި ކޮންމެ ރޯޑްޝޯއެއްގައި ރެފްލް ގިވްއަވޭއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. ރެފްލް ސްޕޮންސަރުންގެ ތެރޭގައި ކަނޑިންމާ މޯލްޑިވްސް އާއި ނޯވާ މޯލްޑިވްސް އަދި އެރީނާ ހޮޓެލްސް، ކާނީ ހޮޓެލްސް، ވިލާ ނޯޓިކާ، ސިއްރު ފެން ފުށި، ހޮލިޑޭ އިން ކަންޑޫމާ އަދި އަލީލާ ކޮތައިފަރު މޯލްޑިވްސް ހިމެނެ އެވެ.  

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ހަ ވަނާގަ އެވެ. އެ ގައުމުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 71,012 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.