އައްޑޫ ވިޔަފާރިވެރިން އެދުނު ގޮތަށް | ބޭރުން ޕެރިޝަބަލް މުދާ އައްޑޫ ބަނދަރަށް

މިއީ މި ހިދުމަތް ރެގިއުލާކޮށް ފެށި ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު އައްޑޫގައި މުދަލުގެ އަގު ހެޔޮވާނެ އެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް އައްޑޫ ޕޯޓުގައި

އައްޑޫ ވިޔަފާރިވެރިން ކުރިން އެދެމުން ދިޔަ އެންމެ ބޮޑު ކަމަކީ އަވަހަށް ހަލާކުވާ ޕެރިޝަބަލް މުދާ އައްޑޫ ބަނދަރަށް ސީދާ ގެނެވޭނެ ދާއިމީ އިންތިޒާމެއް ހަމަޖެހިގެން ދިއުމެވެ. އެކަމަށް ކުރިން ވާހަކަ ދެއްކެވުނު ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތެއް ނުފެނެ އެވެ. ނަމަވެސް މިއަދު ވަނީ އައްޑޫ- ހިތަދޫ ޕޯޓަށް އިންޑިއާގެ ސޫތުކުޅިން ޕެރިސަބަލް މުދާ އުފުލުމުގެ ހިދުމަތް ފަަށާފަ އެވެ. 

އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ ސިޓީ އަށް ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ ބަރުކޮށްގެން އައި ބޯޓު މިއަދު ވަނީ ހިތަދޫ ޕޯޓަށް ކައިރިކޮށްފަ އެވެ.މި އީ އައްޑޫ ސިޓީއަށް މި މަހުން ފެށިގެން ދާއިމީ ގޮތެއްގައި އިންޑިއާގެ ބޯޓު ފަހަރު މެދުވެރިކޮށް ޕެރިޝަބަލް ކާގޯ ގެންނަ ޚިދުމަތް ފެށި ފަހުން އައްޑޫ ސިޓީއަށް ޓުޓިކޮރިން އިން އައި ތިން ވަނަ ބޯޓެވެ.

މި ބޯޓުގައި 800 ޓަނުގެ މުދާ ވަނީ ގެނެސްފައެވެ. ޕެރިޝަބަލް ކާގޯގެ ތެރޭގައި ފިޔާ، އަލުވި، ކަރާ އަދި ބިސް ހިމެނެ އެވެ. އަދި މީގެ އިތުރުން ޖެނެރަލް ކާގޯވެސް ހިމެނޭ އެވެ.

ތިން ވަނަ ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ދާގޮތް ބައްލަވާލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވަނީ މިއަދު ހިތަދޫ ޕޯޓަށް ވަޑައިގެންފަ އެވެ.

މި ދަތުރުތަކަކީ ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ދަގަނޑު ބޯޓު ފަހަރުގައި އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ގެނައުމަށް އެމްޕީއެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން، އިންޑިއާގެ ފައިނެސެސް ގުރޫޕް މެދުވެރިކޮށް ޖުލައި މަހުގެ ތެރޭގައި ފެށި ދަތުރުތަކެކެވެ. އެންމެ ފުރަތަމަ ބޯޓު އައްޑޫ ސިޓީ އަށް ދަތުރު ކުރީ 10 ޖުލައިގަ އެވެ.

ބޮޑު ފަސޭހައެއް - މި ބަދަލީ އައްޑޫ ވިޔަފާރިތަކަށް ބޮޑު ފަސޭހައެކެވެ. ސަބަބަކީ މިހާތަނަށް އެ ވިޔަފާރިވެރިން ޖެހެނީ މާލެ ޕޯޓުން މުދާ ކްލިއަކޮށް ގެންދާށެވެ. މިހެންވުމުން މުދަލުގެ އަގު ބޮޑުވެ އެވެ. އަދި ގެންދިއުމުގެ ހަރަދުވެސް އެހާމެ ބޮޑެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަގު ހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި ފުޑް ސެކިއުރިޓީ ރަނގަޅު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އަދި އައްޑޫ ސިޓީގެ އިގްތިސާދު ކުރިއަރުވައި، އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

1
450
މަސްތީ
1 month ago

މަސްތުވާ ތަކެއްޗާއި މަނާ އެހެންތަކެއްޗާއި މެދު ސަމާލުކަން ދޭންޖެހޭމިންވަރު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެކަމެއް. ހަމައެކަނި އައްޑޫއަށް ކަންކަން ބެލެހެއްޓުން ދޫކޮށްނުލައި ބެލެހެއްޓޭނެގޮތެއް އިންތިޒާމުކުރުމަށް، ސަރުކާރުން ވިސްނާނެކަމަށް އުއްމީދުކުރަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.