މަހުން ނަގާ ޓެރިފް ކުޑަކުރަން މަޝްވަރާ ކުރައްވައިފި

ސަމޯއާ އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ މިއަދު ވަނީ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވުން

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯއާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާ އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ މިއަދު ވަނީ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފަ އެވެ.

ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ޔޫރަޕިއަން ޔޫނިއަންއާއެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ސަމޯއާ އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ބުންޏެވެ.

ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ މިއަދު ވަނީ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވުން

ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާއި ގުޅޭގޮތުން ސަރުކާރުން އަބަދުވެސް މަޝްވަރާކޮށް މަސައްކަތްތައް ކުރެއެވެ. ނަމަވެސް ދިވެހީންނާއި ދީނީ ގަބޫލުކުރުންތަކާއި ގުޅުވައި އެކަމުގައި ލުއި ދޭން ޔޫރަޕުން ދެކޮޅު ހަދަނީ އެވެ.

މި ސަރުކާރުން މިހާރު ވަނީ ސަމޯއާ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމަކީ ދިވެހީންގެ ދީނީ ބައެއް ގަބޫލުކުރުންތަކާއި ހިލާފު ކަންކަން ހިމެނޭ އެއްބަސްވުމެކެވެ. ނަމަވެސް އެ އެބަސްވުމުގައި ސޮއިކުރީ އެ މާއްދާތައް އިސްތިސްނާ ކުރުމަށް ފަހު ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ވެސް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން އީޔޫއާ އެކު އެތައް ފަހަރެއްގެ މަތީން މަޝްވަރާ ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.