ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއް، ތަހުގީގު ފަށައިފި

މަގާމުގައި ހުންނެވިއިރު އައިޝަތު އަލީ ބޭނުން ކުރެއްވި އެކައުންޓަށް ބަޔަކު / މީހަކު ލޮގިންވާން މިއަދު މަސައްކަތް ކުރި ކަމަށް ވިދާޅުވެ އައިޝަތު އަލީ ވަނީ ފޭސްބުކު ގައި ޕޯސްޓެއް ވެސް ކުރައްވާފަ އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ --

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، މަގާމުގައި ހުންނަވާ ބޭނުންކުރެއްވި ރަސްމީ އީމެއިލް އެކައުންޓުން ކޮށްފައިވާ ހުރިހާ މެއިލްތަކެއް ޑިލީޓްކޮށްފައިވާތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެކަން ފުލުހުންގެ މީޑިއާ އޮފިސަރު ޔަގީންކޮށް ދެއްވި އެވެ. ވިދާޅުވީ އެެ މައްސަލައިގެ ތަހުގީގު ފަށާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން އެކަން ރަސްމީކޮށް ހުށައެޅުމުން ކަމަށެވެ. އެ މިނިސްޓްރީން ހުށައަޅާފައި ވަނީ އައިޝަތު އަލީ، މަގާމުގައި ހުންނަވާ ބޭނުންކުރެއްވި ރަސްމީ އީމެއިލް އެކައުންޓުން ކޮށްފައިވާ ހުރިހާ މެއިލްތަކެއް ޑިލީޓްކޮށްފައިވާތީ އެކަން ތަހުގީގު ކޮށް ދިނުމަށެވެ.

އެ މައްސަލަ ވަރަށް އަވަހަށް މައްސަލައިގެ ގޮތުގައި ތަހުގީގުކޮށްދޭން އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ މެއިލްތައް ޑިލީޓް ކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ. މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

މަގާމުގައި ހުންނެވިއިރު އައިޝަތު އަލީ ބޭނުން ކުރެއްވި އެކައުންޓަށް ބަޔަކު / މީހަކު ލޮގިންވާން މިއަދު މަސައްކަތް ކުރި ކަމަށް ވިދާޅުވެ އައިޝަތު އަލީ ވަނީ ފޭސްބުކު ގައި ޕޯސްޓެއް ވެސް ކުރައްވާފަ އެވެ. ސްކްރީންޝޯޓެއް ހިމަނާ އޭނާ ކުރި ޕޯސްޓް ގައި ބުނެފައި ވަނީ މަގާމުގައި ހުންނެވި އެންމެ ފަހު ދުވަސް -- ނޮވެންބަރު 17، 2023 ގައި އެ އެކައުންޓް ޑިއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަދު 1:15 ހާއިރު އެ އެކައުންޓަށް ލޮގިންވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެއީ ކާކު / ކޮން ބޭނުމެއްގައި ކުރާ ކަމެއްތޯ ވެސް ސުވާލުކޮށްފައިވެ އެވެ. އަދި ވިދާޅުވީ ނޮވެންބަރު 17، 2023 ގެ ފަހުން އެ މެއިލް އިން ކޮށްފައިވާ އެއްވެސް މެއިލް އަކީ އޭނާކުރި މެއިލެއް ނޫން ކަމަށެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އައިޝަތު އަލީ ވަޑައިގެންނެވީ ރަސްމީ ހައުސިއްޔަތުން ކުރެއްވި ހުރިހާ މެއިލްތަކެއް ޑިލީޓް ކުރައްވާފައި ކަމަށެވެ. އަދި އެއީ ކުރީން މިނިސްޓަރު ކަން ކުރެއްވި އެއްވެސް ބޭފުޅަކު ކަން ކުރައްވާފައިވާ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

މަގާމުގައި ހުންނެވި ދުވަސްވަރު ވެސް އައިޝަތު އަލީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ތައުލީމީ ދާއިރާއަށް އެކަށީގެންވާ އެއްވެސް ހެޔޮ ބަދަލެއް މިދިޔަ ފަސް އަހަރު ނުގެނެވޭ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.