އަތަމާ އަބްދުލްލަތީފް ނިޔާވެއްޖެ

ލަތީފް ނިޔާވީ މިއަދު އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ނިޔާވީއިރު އުމުރަކީ 96 އަހަރެވެ. އޭނާ އަކީ ވިޔަފާރީގައި ވެސް ފާހަގަކޮށްލެވުނު ބޭފުޅެކެވެ.

ހައްޖާއި އުމްރާއަށް ދިވެހީން ގެންދިއުމުގެ ހިދުމަތުގައި ފާހަގަކޮށްލެވުނު އަބްދުއްލަތީފް ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް) ނިޔާވެއްޖެ އެވެ.

ލަތީފް ނިޔާވީ މިއަދު އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ނިޔާވީއިރު އުމުރަކީ 96 އަހަރެވެ.

އޭނާ އަކީ ވިޔަފާރީގައި ވެސް ފާހަގަކޮށްލެވުނު ބޭފުޅެކެވެ. ބައެއް މިސްކިތްތައް ބިނާ ކުރުމުގައި ވެސް އޭނާގެ ބައިވެރިވުން ބޮޑެވެ. މީގެ އިތުރުން އަތަމާ ހައްޖު އެންޑް އުމްރާގެ ނަމުގައި އޭނާ ހިންގި ޖަމާއަތުން ވަރަށް ގިނަ އަދަދެއްގެ ދިވެހީން ހައްޖާއި އުމްރާގެ އަޅުކަމަށް ގެންގޮސްފައިވެ އެވެ.

ރައީސްގެ ތައުޒިޔާ

ލަތީފް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ. ރައީސްގެ މެސެޖުގައި ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއް ގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި ޖަމާއަތަށް ފައިދާހުރި އެތައް ހިދުމަތަކާ މިސްކިތް ބިނާކުރެއްވުމާއި ގިނަ އަދަދެއްގެ ދިވެހީން ހައްޖަށް ގެންގޮސް ދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ގައުމަށް ކޮށްދެއްވާ މުޖްތަމައުގެ އިހްތިރާމް ހޯއްދަވާފައިވާ އަބްދުއްލަތީފް ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް) ނިޔާވީ ހަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ.

ލަތީފަކީ ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ އަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިގްތިސާދަށް ގެނަސްދެއްވުމުގެ މުހިންމު ހިއްސާދާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އޭނާ އަކީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެއް ކަމަށެވެ. ޖަމާއަތަށް ފައިދާހުރި ހާއްސަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ގައުމީ އިނާމް 1991 ވަނަ އަހަރު ހާސިލު ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގެއްލިގެން އެ ދިޔައީ ގައުމަށް ބޮޑެތި މަސައްކަތް ތަކެއްކޮށްދެއްވި އަގުހުރި، ތަޖްރިބާކާރު، ނަމޫނާ ޝަހްސިއްޔަތެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.