ޒިޔަދަމްގެ އެއް ގާތިލު، ސިފާމް އުމުރަށް ޖަލަށްލީ ރަގަޅަށް: ހައިކޯޓު

ފެބްރުއަރީ 27، 2023 ގައި ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ސިފާމް 25 އަހަރަށް އަދި، ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވި އެރަށު ހީނާވިލާ، މުހައްމަދު ޝަނޫނު މެރުމަށެވެ.

ޒިޔަދަމް މަރާލުމުގައި ބައިވެރިކަން ސާބިތުވެފައިވާ ސިފާމް މިއަދު ހައިކޯޓުގައި: އޭނާ 25 އަހަރަށް ޖަލަށްލީ ރަގަޅަށް ކަމަށް ވަނީ ކަނޑައަޅާފައި --

މީގެ ނުވަ އަހަރު ކުރިން، ލ. މުންޑޫގައި އެރަށު ނޫވިލު، އަލީ ޒިޔަދަމް މަރާލުމުގައި ބައިވެރިވި އެރަށު ބީޗްވިލާ، އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

ފެބްރުއަރީ 27، 2023 ގައި ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ސިފާމް 25 އަހަރަށް އަދި، ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވި އެރަށު ހީނާވިލާ، މުހައްމަދު ޝަނޫނު މެރުމަށެވެ. 

ސިފާމްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓުން މިއަދު ހުކުމް އިއްވަމުން ބުނެފައި ވަނީ މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު ކުށް ސާބިތުކޮށް އަދަބު ކަނޑައަޅާފައި ވަނީ ރަގަޅަށް ކަމަށެވެ. އެހެންކަމުން ސިފާމްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވެ އެވެ.

މި ހާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޒިޔަދަމާމެދު މާރާމާރީ ހިންގަންފެށީ ޝަނޫނެވެ. އެކަން ހުއްޓުވުމުގެ އިހުތިޔާރު ސިފާމަށް ލިބުނު ނަމަވެސް، ހަމަލާ ދިނުމަށް އިތުރަށް މަގުފަހިކޮށްދިނުމަށް ޒިޔަދަމްގެ ގައިގައި ބައްދައިގަނެގެން ސިފާމް އޮތް ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ އޭނާ އެކަމުގައި ބައިވެރިވެފައި ވަނީ އެންމެ މަތީ ދަރަޖައަށް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

މައްސަލައިގެ ހުލާސާ - ޒިޔަދަމް މަރާލީ މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި ސިފާމް މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އެތަނަށް ގޮސް، ތޫނު އެއްޗެހިން ޒިޔަދަމަށް ހަމަލާ ދީގެންނެވެ. އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާ ދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާގެ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލީ އެވެ.

ޝަނޫން ވަނީ ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް އޭގެ ތެރެއިން މީހަކަށް ހަމަލާ ދީ ބިރުދައްކާފަ އެވެ. އެގޮތުން ޒިޔަދަމް މަރާލި ފަހުން ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދައްކާފައިވެ އެވެ. އެހެންވެ، އޭނާގެ މައްޗަށް އުފުލި މާރާމާރީ އާއި ބިރުދެއްކުމުގެ ދައުވާ ވެސް އުފުލި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.