ގޫގުލް ޕިކްސެލް ގަޑިތައަށް ފިޓްބިޓް ފީޗާތައް

ގޫގުލް އިން ވެއާ އޯއެސް އިން ހިންގަން ސްމާޓް ގަޑި ތައާރުފުކުރުމުން ވާދަވެރިންގެ މެދުގައި ކުންފުނީގެ ހައިސިއްޔަތު އުފުލުނީ އެވެ. އެހެން ނަމަވެސް ވާދަވެރި މާކެޓްގައި ހިފަހައްޓާލެވޭ ވަރަށް ޕިކްސެލް ގަޑި ތަރައްގީކޮށްފައި ނެތް ކަމަށް ވެސް ބުނެވެ އެވެ.

ގޫގުލް ސްމާޓް ގަޑިތަކަށް ވާދަވެރިންގެ މެދުގައި ހިފަހައްޓާލެވޭނެ ކަމަށް އޮތީ ސުވާލު އުފެދިފައި

ގޫގުލުން ޕިކްސެލް ގަޑިތައް ތައާރުފު ކޮށްފި އެވެ. ސްމާޓް ގަޑިތަކާއެކު ޕިކްސެލް ސްމާޓްފޯނުތައް -- ޕިކްސެލް 7 އަދި ޕިކްސެލް 7 ޕްރޯ ވެސް ތައާރުފުކުރި އެވެ. ޕިކްސެލް މަރުކާގެ ސްމާޓްފޯންތައް ފަހަށް ބަހައްޓާފައި މިހާރު މި ބަލާލަނީ ޕިކްސެލް ގަޑިތަކަށް ގޫގުލުން ކޮށްފީފައި ހުރި ކޮން ކަމެއްތޯ އެވެ.

ގޫގުލުން މިފަހަރު ނެރުނު ޕިކްސެލް ގަޑިތަކީ މި މަރުކާގެ ނަމުގައި ވެއާ އޯއެސް އިން ހިންގަން ގޫގުލުން އުފެއްދި ފުރަތަމަ ޑިވައިސް އެވެ. ޕިކްސެލް ގަޑިތަކަށް ބަލާބެލުން ފިޓްބިޓް ޑިޒައިންތައް ފާޅުވާ ގޮތް ހުރެ އެވެ.

ފިޓްބިޓް އަކީ ކުރިން ގޫގުލްއާ އެއްވެސް ގުޅުމެއް ނެތް ގޮތުގައި ހިންގި ކުންފުންޏެކެވެ. ގޫގުލްއިން އަމިއްލައަށް ސްމާޓް ޑިވައިސްތައް -- ހާޑްވެއާ ލެވެލްގައި އުފައްދަން ސިޔާސަތު ފާސްކޮށް ފިޓްބިޓް ގަތީ ނޮވެމްބަރު 2019 ގައެވެ.

ޕިކްސެލް ގަޑިތަކަށް ކިތަންމެ ވަރަކަށް ބެލި ނަމަވެސް އަޅާ ހިތެއް ނުވެ އެވެ. ގޫގުލުން މި ގަޑިތައް ޑިޒައިން ކޮށްފައި ވަނީ ހުޅަނގަށް ފައްކާ ޑިޒައިންތަކަށް އިސްކަން ދީގެންނެވެ. ގޫގުލް އިން ޕިކްސެލް ގަޑިތަކަށް ދީފައި ހުރި ކުޅަދާނަ ކަމަށް ބަލާއިރު ސްމާޓް ގަޑިއަކުން ކުރެވިދާނެ ހުރިހާ ކަމެއް ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ފިޓްބިޓް ފީޗާތައް -- ކުޅިވަރު ކުޅޭ މީހުން އަދި ދުވާ މީހުންނަށް ފަސޭހަ ފީޗާތައް ވަނީ ހިމަނާފަ އެވެ. ފިޔަވަޅު ގުނުން، ހިތް ހިނގާ ވަރު ބެލުން، އަދި 40 ވައްތަރެއްގެ ކަޝްރަތު ހިމަނާފައިވެ އެވެ.

ޕިކްސެ ސްމާޓް ގަޑިތައް 24 ގަޑިއިރު ބެޓެރީ ދެމެހެއްޓުމަކީ ވާދަވެރިންގެ މައްޗަށް އޮތް ބޮޑު ކުރިއެރުމެކެވެ. ޕިކްސެލް ގަޑިތައް ތިން ޑިޒައިނެއް މާކެޓަށް ނެރޭނެ ކަމަށް ގޫގުލްއިން ބުނެ އެވެ. އަދި އަތުކުރީ ކަމަރުގެ 20 ވައްތަރެއް ލިބެން ހުންނާނެ ކަމަށް ވެސް ގޫގުލް ބުނެ އެވެ.

ގޫގުލް އިން ވަނީ ޕިކްސެލް ގަޑިތަކުގައި ބޭނުންކުރެވޭ ގޮތަށް މެޕްސް، ޔޫޓިއުބް، ފޮޓޯ، ވޮލެޓް އަދި ޕޭމަންޓް ނިޒާމް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ޕިކްސެލް ގަޑިތައް ބޭނުންކޮށްގެން ފިޓްބިޓް ޕްރީމިއަމް ކަޝްރަތު ސެޝަންތައް ނެގޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ގޫގުލް އިން ބުނާ ގޮތުން ޕިކްސެލް ފޯނުތަކާ ގުޅުވާލުމުގައި ޕިކްސެލް ގަޑިތަކަށް އެއްވެސް ބުރަކަމެއް ނޯންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.