ވައިގެ މަގުން ރާއްޖެ އެތެރެ ކުރި 15 ކިލޯ ޑްރަގް އަތުލައިގެންފި

"މިއީ ރާއްޖެއަށް އައި މެލޭޝިއާގެ ޕެސެންޖަރެއްގެ އަތުން މަސްތުވާތެކެތި ފެނުނު ފުރަތަމަ ފަހަރު. އަދި ބަރުދަނުގެ ގޮތުން ބަލާއިރުގައި މިއީ މިއަހަރުގެ މިހައިތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ކޭސް މިއީ،" ކަސްޓަމްސް އިން ބުންޏެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ -- މިރާ

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި 15.38 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް މިތަކެތި އަތުލައިގެންފައި ވަނީ 42 އަހަރުގެ މެލޭޝިއާ މީހަކު އަތުންނެވެ. ކަސްޓަމްސް އިން މިއަދު ބުނީ ބެންކޮކުން ދުބާއީ އަށް ދިއުމަށްފަހު އޭނާ މާލެ އައިސްފައި ވަނީ އެ ގައުމުން ކަމަށެވެ.

ނަމަވެސް އޭނާ ދަތުރު ކުރި މަގު އޮޅުވާލުމަށް ފޭކު ޓިކެޓެއް ވެސް ގެންގުޅުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. 

ކަސްޓަމްސް އިން ބުނީ އެ މީހާ އަތުން ފެނުނު މަސްތުވާތަކެތި ތަހުލީލުކުރިއިރު ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގަކީ 12.3 މިލިއަން ރުފިޔާ އެވެ. 

ފުލުހުން ވަނީ މި މައްސަލައިގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްވެސް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި 41 އަހަރުގެ މެލޭޝިއާ އިތުރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅުންހުރި އިތުރު ފަރާތްތަކެއް ވެސް ތިބިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެގޮތުން ހަތަރު ގައުމެއްގެ މީހުން މި މައްސަލައިގައި ޝާމިލްވާ ކަމަށާއި، ބޭރު ގައުމެއްގެ އެހީތެރިކަން ވެސް މައްސަލައިގެ ތަހުގީގަށް ހޯދަމުންދާ ކަމަށެވެ.

"މިއީ ރާއްޖެއަށް އައި މެލޭޝިއާގެ ޕެސެންޖަރެއްގެ އަތުން މަސްތުވާތެކެތި ފެނުނު ފުރަތަމަ ފަހަރު. އަދި ބަރުދަނުގެ ގޮތުން ބަލާއިރުގައި މިއީ މިއަހަރުގެ މިހައިތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ކޭސް މިއީ،" ކަސްޓަމްސް އިން ބުންޏެވެ.

ދިވެހިން އެންމެ ގިނައިން އުޅޭ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ އަދި ބެންކޮކް ހިމެނެ އެވެ. އެހެންކަމުން އެ ގައުމުތަކުން އަންނައިރު މީހުން ހަވާލުކުރާ އެއްޗެހީގައި ނުހިމުމަށް ކަސްޓަމްސް އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.