ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން އެއްބަސްވުމެއް ހަދައިފި

ޝިއުރީ ވިދާޅުވީ ކުރިއަރަމުން އަންނަ މާކެޓުތަކަށް ވަނުމަށް އެންއެޗްޖީއޭއެމާއެކު ގުޅުން ބަދަހިކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން އާއި ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއިއެކު އެއްބަސް ވެއްޖެ އެވެ.

މީ ފަތުރުވެރިން އެންމެ ދާންބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން އިތުރު ކުރުމުގެ އެއްބަސްވުމެކެވެ.
އެއްބަސްވުމުގައި އެމްއެމްޕީއާރުސީން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. އަދި އެންއެޗްޖީއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ނައިބު ރައީސް އަހުމަދު ވަހީދެވެ.

ޝިއުރީ ވިދާޅުވީ ކުރިއަރަމުން އަންނަ މާކެޓުތަކަށް ވަނުމަށް އެންއެޗްޖީއޭއެމާއެކު ގުޅުން ބަދަހިކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި އެއްބަސްވުމާއެކު މާކެޓިން މަސައްކަތްތަކާއި ބައިވެރިން ރެކްރޫޓް ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ އެވެ. މީގެ އިތުރުން، އޭޝިއަން ޓޫރިޒަމް ފެއާ ފަދަ އެކިއެކި ހަރަކާތްތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށާއި، ލޯކަލް އައިލަންޑް ފަތުރުވެރިކަން ކުރިއެރުވުމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ވެސް އެއްބާރުލުން ދޭނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.