މެލޭޝިއަން އެއާލައިންސް އިން ވަނީ އެމްއެމްޕީއާރުސީއާއެކު ރާއްޖެ ޕްރޮމޯޓް ކުރަން ސޮޔެއްކޮށްފަ އެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑްގެ ޕާޓްނަރު އެއާލައިން އެވެ.
މެލޭޝިއަން އެއާލައިންސް އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފަށާއިރު ކޮންމެ ދުވަހު ފްލައިޓެއް އޮންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
ދިވެހިންގެ ގިނަ ބަޔަކު ވެސް ދިރިއުޅޭ މެލޭޝިއާގެ ވެރިރަށުން ރާއްޖެއަށް ފަށާ މެލޭޝިއަން އެއާލައިންސްގެ ދަތުރުތަކާ ބެހޭ ގޮތުން އެމްއޭސީއެލް އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ރާއްޖެއަށް ޖައްސާ މި ފްލައިޓުން ފަަށާ ދަތުރުތަކާއެކު ހަފުތާގެ ކޮންމެ ދުވަހު ދަތުރުތައް ބާއްވާނެ އެވެ. ހަތް ދުވަހު ފްލައިޓު އޮންނާނެ އެވެ.
މި ފްލައިޓު ރާއްޖެއަށް ފަށާ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 747 މަރުކާގެ 174 ޝީޓުގެ ބޯޓެކެވެ. މި ބޯޓުގެ ދަތުރުތަކަށް މަރުހަބާ ކިޔަން ވީއައިއޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ.
މެލޭޝިއަން އެއާލައިންސްއަކީ މަޝްހޫރު ފުޓުބޯޅަ ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ އޮފިޝަލް އެއާލައިން ޕާޓްނަރެވެ. އެމްއެމްޕީއާރުސީން މީގެ ކުރިން ވަނީ މެލޭޝިއަން އެއާލައިންސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއާލައިންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އިތުރުވުމެއް އަންނާނެ އެވެ. ހާއްސަކޮށް މި ފްލައިޓާއެކު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މަތިވެގެންދާނެ އެވެ.
ބޮޑެތި މައްސަލަ ގަނޑެއްގެ ތެރެއަށް މީގެ އަހަރުތަކެއްގެ ކުރީގައި ވެއްޓިފައި އޮތް މެލޭޝިއަން އެއާލައިންސް އަށް މިހާރު ވަނީ ފައިދާވާން ފަށާފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެއާލައިނަށް 189 މިލިއަން ޑޮލަރުގެ ސާފު ފައިދާއެއް ލިބިފައިވެ އެވެ.
ބޮއިން 747 އަކަށް އެންމެ މަދުވެގެން 400 މީހުންނައް އެރޭނެ.