ޕީޖީގެ މަގާމުން ތޯރިގު އިސްތިއުފާ ދެއްވައިފި، ވިދާޅުވީ ވަގުތު ދެވެން ނެތީ ކަމަށް

ސަބަބެއްގެ ގޮތުގައި ވިދާޅުވީ މިވަގުތު އަމިއްލަ ކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް

ކޮންގްރެސްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މެއި 27 ވަނަ ދުވަހު އެ މަގާމަށް އައްޔަނު ކުރެއްވި ތޯރިގު ވަނީ ޕީޖީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން ޔަގީން ކޮށް ދެއްވާފަ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ މިވަގުތު އަމިއްލަ ކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމެވެ.

ކޮންގްރެސްގެ ޕީޖީ ގައި ތޯރިގާ އެކު އިތުރު ދެ ޑެޕިއުޓީ ލީޑަރުން ތިއްބަ އެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ. ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ޕީޖީ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެވެ.

ޕާލިމަންޓްރީ ގުރޫޕްގެ ޗީފް ވިޕަކީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.