ޕީސީބީގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި

ސަރުކާރުން ވަނީ އެ ނިންމުން މިދިޔަ ބުރާސްފަތި ދުވަހު، ރައީސް ނިންމަވާފައިވާ ކަން ޔަގީން ކޮށްދީފަ އެވެ. ފިރާޒު ވަކިކުރި ސަބަބާއި ގުޅޭ ގޮތުން ޖަވާބެއް ނުދެ އެވެ.

ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސް ކަމުން އެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒް ވަކިކޮށްފި އެވެ.

އެކަން ފިރާޒު ވަނީ ޔަގީން ކޮށްދީފަ އެވެ. އޭނާ ވަނީ ޕީސީބީ ގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭކަން ހާމަކޮށް ޕޯސްޓެއް ވެސް ކޮށްފަ އެވެ. ނަމަވެސް މަގާމުން ވަކިކުރި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރުން ވަނީ އެ ނިންމުން މިދިޔަ ބުރާސްފަތި ދުވަހު، ރައީސް ނިންމަވާފައިވާ ކަން ޔަގީން ކޮށްދީފަ އެވެ. ފިރާޒު ވަކިކުރި ސަބަބާއި ގުޅޭ ގޮތުން ޖަވާބެއް ނުދެ އެވެ.

ޕީސީބީ ބޯޑު އެކުލަވާލުމަށްފަހު އެންމެ ފަހުން އާންމު ކޮށްފައި ވަނީ ނޮވެމްބަރު 29، 2023 ގައެވެ. ބޯޑުގައި ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ޖުމްލަ ހަތް މެންބަރުން ތިބެ އެވެ. ބޯޑަށް މެމްބަރުން އައްޔަންކުރުމަށް ފަހު މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހޭނެ އެވެ. 

ހަ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މެއި 2024 ގަ އެވެ.

ފިރާޒަށް ރުހުން ދިނުމާމެދު ކޮމެޓީން އޭރު ގޮތެއް ނިންމާފައެއް ނުވެ އެވެ. އޭނާއަށް ތުހުމަތު ކުރީ ނިމިދިޔަ މަޖިލީސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ އިސްވެރިންނާއެކު ކެމްޕޭނު ހަރަކާތްތަކުގައި އުޅެފައިވާ ކަމެވެ. އޭނާގެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމެޓީން އޭރު ބަލާ ކަމަށް ވެސް ބުންޏެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުން، ޕީސީބީގެ ރައީސް އާއި ނައިބު ރައީސައަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް އަދި ސިޔާސީ ހަރަކާތެއްގައި ވެސް ނޫޅެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.