ރާއްޖޭގައި ޑިވްލޮޕްމަންޓް ބޭންކް އުފާއްދަން ލައިންސަން ހޯދަން ހުއްދައަށް އެދިއްޖެ

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މި ބޭންކުގެ ބޯޑަށް ބޭރުގެ ދެ އެކްސްޕާޓުން ވަނީ ނަގާފަ އެވެ. އަދި މިއަދު ބޭރުގެ ސީއީއޯއެއް ހޯދަން އިއުލާނެއް ބޭރުގެ ނޫހެއްގައި ޖަހާނެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފޮޓޯ: އެޑިޝަން

ނުހެދި ހުރި ރިސޯޓްތައް ހެދުމާއި ބޮޑެތި މަޝްރޫއު ތަކަށް ފައިސާ ހޯދުމުގެ ގާބިލްކަން އުފެއްދުމުގެ ގޮތުން ރާއްޖޭގައި ހަދާ ޑިވްލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އުފައްދަން  ލައިސަންސް ހޯދަން އެމްއެމްއޭގައި އެދިއްޖެ އެވެ. 

އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ވިދާޅުވި ގޮތުގައި ޑިވްލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ ގޮތުން ލައިސަންސް ހޯދަން ވަނީ އެމްއެމްއޭއަށް ލާފަ އެވެ. 

އިކޮނޮމިކް މިނިސްޓަރު ސައީދު ރޭ ވިދާޅުވި ގޮތުގައި ބޭންކް އުފައްދަން ބޭނުންވާ ހުރިހާ ދިރާސާތަކެއް ވަނީ ނިމިފަ އެވެ. އަދި ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ފޯމްކޮށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޑިވްލޮޕްމަންޓް ބޭންކިންގެ ދާއިރާގެ ބޭރުގެ ތަޖުރިބާކާރު ދެ ބޭފުޅަކުވެސް ވަނީ ނަގާފަ އެވެ. 

"ރާއްޖޭން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގަވާފައި ތިއްބެވި ބޭފުޅުން ވަނީ ނެގިފަ. ފީޒިބިލިޓީ ސްޑަޓީއެއް ވެސް ވަނީ ހެދިފަ. ބިޒްނަސް ޕްލޭނެއް ވެސް ވަނީ ހެދިފަ،" ސައީދު ވިދާޅުވި އެވެ. 

އަންނަ މަހު ބޭންކް ހުޅުވުމަކީ އަމާޒެއް

މިނިސްޓަރު ވިދާޅުވީ ކުރިން އުންމީދުކުރީ މިމަހު ބޭންކް ހުޅުވޭނެ ކަމަށާ ނަމަވެސް ކުރިއަށް އޮތް މަދު ހަފުތާގެ ތެރޭގައި ބޭންކް ހުޅުވިގެންދާނެ ކަމަށެވެ. 

"ބޭންކް ހިންގާނެ އިމާރާތުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. މަސައްކަތް މިކުރަނީ އަންނަ މަހު ހުޅުވަން. ނަމަވެސް ގޮންޖެހުން އައިސްފިނަމަ ކުދި ލަސް ވެދާނެ. އަވަސް އަރުވާލާފަ ނުކޮށް ރަނގަޅަށް މިކަން ކުރަން،" ސައީދު ވިދާޅުވި އެވެ. 

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މި ބޭންކްއަށް ބޭރުގެ ސީއީއޯއެއް ހޯދަން ވެސް މިއަދު ބޭރުގައި އިއުލާނު ކުރާނެ އެވެ. އަދި ސައީދު ވިދާޅުވި ގޮތުގައި ބޭންކުގައި ޕްރައިވެޓް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް އޮންނާނެ އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.