ރިސޯޓްތަކުން ނުދައްކާ ހުރި ފަސް މިލިއަން ޑޮލަރު، 17 ދުވަހުން ދައްކައިފި

މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި މިނިސްޓަރު ބޭނުންވުމުން ބިމުކުލި ފަސްކޮށްދެވިގެންނުވާނެ އެވެ. ކުރިން އެކަންކޮށްފައި އޮތީ އެގޮތެވެ. އަދި ނުދައްކާހުރި ފައިސާގެ ދައުލަތަށް ހޯދުމަށް އިކޮނޮމިކް ކައުންސިލަށް ޕޭޕަރެއް ހުށަހަޅާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާޙިމް ފައިސަލް އަދި ޓޫރިޒަމް މިނިސްޓްރީގެ ބައެއް އިސްވެރިން -- ޓޫރިޒަމް

ދައުލަތަށް ރިސޯޓްތަކުން ނުދައްކާހުރި ފަސް މިލިއަން ޑޮލަރު މިދިޔަ 17 ދުވަހުގެ މަސައްކަތުން ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. 

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި ގޮތުގައި ދައްކަން ޖެހި ނަމަވެސް ފައިސާ ނުދައްކާ ހުރުމަކީ ދެރަކަމެއް ކަމަށާ އެ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. މިހާތަނަށް މިދިޔަ 17 ވަރަކަށް ދުވަހުގެ މަސައްކަތުން ނޯޓިސް ފޮނުވައިގެން ފަސް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 77 މިލިއަން ރުފިޔާ) ދައުލަތަށް ވަނީ ދައްކާފަ އެވެ. 

ޓޫރިޒަމް ދާއިރާ ނުދައްކާ ހުރި ފައިސާ

  •  އޮޕަރޭޓް ކުރާ ރިސޯޓްތަކުން - 78.5 މިލިއަން ޑޮލަރު
  •  ކޮންސްޓްރަކްޝަން ސްޓޭޖުގެ ރިސޯޓްތަކުން - 173 މިލިއަން ޑޮލަރު
  •  ޖުމްލަ - 251 މިލިއަން ޑޮލަރު

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަކީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން ތިބި ބަޔަކަށް ވުމާއެކު ނުދައްކާ ހުރި ފައިސާ ހޯދަން ގޮތްތަކެއް ހޯދައި ދޭން އިކޮނޮމިކް ކައުންސިލަށް ކަރުދާހެއް ހުށަހަޅާނެ އެވެ. އަދި ގާނޫނަށް ބަދަލު ގެނެސްގެން ވެސް ލިބެން ޖެހޭ ފައިސާ ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އިންވެސްޓޯލްމަންޓް ސްކީމަކުން ނަމަވެސް އެ ފައިސާ ދައްކަން ވާނެ. އިކޮނޮމިކް ކައުންސިލަށް ކަރުދާހެއް ހުށަހަޅާނަން. ކައުންސިލުން ގޮތެއް ނިންމަވާނީ. އެކަމަކު އެންމެ ދިގު ވެގެން ވެސް ދެވޭނީ ފަސް އަހަރު. އެ ފައިސާ ދައްކަންވާނެ،" ފައިސަލް ވިދާޅުވި އެވެ. 

މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ނުދައްކާ ފައިސާގެ އަދަދު އިތުރު ވެގެން ދިއުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ މިދިޔަ ސަރުކާރާއި އޭރު ވަޒީރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކެވެ. 

"ހަމަ އެއްވެސް ކަމެއް ނުކޮށް ތިބެ ޓޫރިޒަމް ލޭންޑް ރެންޓް ޑިފާ [ފަސްކޮށް ދީފަ] ހުރީ. މިހެން ކަންކަން ވެގެން ނުވާނެ. އަޅުގަނޑު މި މަގާމުގައި ހުރީތީ ބޭނުން މީހަކަށް ފޭވާކޮށް ދެވިގެން ނުވާނެ. އެއީ އަޅުގަނޑުމެން ކުރި ހުވައާ ހިލާފު ކަމެއް،" ފައިސަލް ވިދާޅުވި އެވެ. 

ނޮވެމްބަރު 16-14 ދެ ދުވަހު 18 ރިސޯޓް ދޫކޮށްފައިވޭ

މިނސްޓަރު ވިދާޅުވި ގޮތުގައި އެމްޑީޕީ މިދިޔަ ރިޔާސީ އިންތިހާބުން ބަލިވުމުން ނޮވެމްބަރު 16-14 ވަނަ ދުވަހާ ދެމެދުގައި ގިނަ ގޯސްތަކެއް ހަދާފައި ހުރިކަން އެނގެން އެބައޮތެވެ. 

"[އިންތިހާބުން] ބަލިވުމަށް ފަހު އެބައޮތް 18 ރަށެއް ކުއްޔަށް ދޫކޮށްފައި. ބައެއް ލޯނުތައް މާފު ކޮށްދީފަ އެބަހުރި. އެހެން ހެދިގެން ނުވާނެ. ރައްޔިތުން ގޮތެއް ނިންމީމަ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނުމުން،" ފައިސަލް ވިދާޅުވި އެވެ.  

ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. މިގޮތުން ޖުމްލަ 13 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. މީގެތެރޭގައި ލޭންޑްރެންޓުގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޓީޖީއެސްޓީގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިތުރުން ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.