މުޒާހަރާ ކުރި ބިދޭސީން ޑީޕޯޓް ކުރަން އުޅޭ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ތިނަދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅުނު މީހުން ބަންދުކޮށް ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.

ބަންގްލަދޭޝްގައި މިދިޔަ ހަފްތާ ކުރި މުޒާހަރާގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ސޯޝަލް މީޑިއާ

ބަންގްލަދޭޝްގެ ދާހިލީ މައްސަލައަކާ ގުޅިގެން ގދ. ތިނަދޫގައި މުޒާހަރާ ކުރި ބިދޭސީން ބަންދުކޮށް، ޑީޕޯޓް ކުރަން އުޅޭ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މިމަހުގެ 18 ވަނަ ދުވަހު ތިނަދޫގައި އުޅޭ ބަންގްލަދޭޝް މީހުންތަކެއް އެރަށުގައި މުޒާހަރާ ކޮށްފައި ވަނީ އެގައުމުގެ ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ނަގަމުންދާ އުސޫލުތަކާ ހިތްހަމަނުޖެހި، އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް ބައިވެރިވުމުގެ ގޮތުންނެވެ. މި މުޒާހަރާގައި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހު ހަސީނާގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ.

ތިނަދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅުނު މީހުން ބަންދުކޮށް ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ ސިޔާސީ މުޒާހަރާއެއް ކަމަށާއި އެއީ އެމީހުންނަށް ދޫކޮށްފައިވާ ވިސާއިން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމް އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ރާއްޖެއިން ސޮއި ކޮށްފައިވާ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރު (އައިސީސީޕީއާރު) ގެ 21 ވަނަ މާއްދާގައި ހުރިހާ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ތިނަދޫގައި ބިދޭސީން ނުކުމެ ކުރި ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިވި މީހުން ޑީޕޯޓްކޮށްލަން ސަރުކާރުން އުޅޭ ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.