ހުޅުމާލެއިން ފެނުނު ހަަށިގަނޑު ޕޯސްޓްމޯޓަށް އިންޑިއާއަށް ގެންގޮސްފި

ހަދަމުންދާ ސަރަހައްދުން ފެނުނު ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވާކަން “މި” ނޫހަށް ވަނީ ޔަގީން ކުރެވިފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ވިނިގަނޑާއި އޭނާ ފާހަގަ ކުރެވުނު ސީސީ ޓީވީ ފްޓޭޖް ލިބުނު ކެފޭ ހިމެނޭ ސަރައްދު -- މި

ހުޅުމާލެއިން ފެނުނު ހަށިގަަނޑު، ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފި އެވެ. މި މަހުގެ ދެވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުން ފެނުނު ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވާކަން “މި” ނޫހަށް ވަނީ ޔަގީން ކުރެވިފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

މިއީ ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުން އެއީ އަޒްހާންގެ ހަށިގަނޑުކަން ކަށަަވަރު ކުރެވޭނީ ޕޯސްޓްމޯޓަމަށް ފަހުއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން 27، ވަނީ ގެއްލިފަ އެވެ. އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ ހެެއްކެއް ވެސް ގަރީނާއެއް ވެސް ފެނިފައި ނެތް ކަމަށްވެސް ބުނެއެވެ.

ފުލުހުން ބުނީ އެ އިދާރާއިން ބެލިބެލުމުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޓެކްސީއެއްގައި ހުޅުމާލޭގެ ގެސްޓް ހައުސްއަކަށް ގޮސްފައިވާކަން ތަހުގީގުގަށް އެނގިފައިވާ ކަމަަށާ އަޒްހާން ދިޔަ ގެސްޓް ހައުސް އާއި އެ ސަރަހައްދުގައި ލިބެން ހުރި ސީސީޓީވީ ފުޓޭޖްތައް ނަގައި އެނަލައިޒް ކުރުމުގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީތެރި ކަމާއެކު ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސެޕްޓެމްބަރު 26 ވަނަ ދުވަހު ހުޅުމާލޭގެ ނިރޮޅުމަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސް ކޮށްފައިވާއިރު ސެޕްޓެމްބަރު 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖްތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒްހާން ފައިބާ މަންޒަރާއި އެއަށް ފަހު އަތިރިމަތިން އެއްގަމަށް އަރައިގެން ގޮސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގޭ ކަމަށެވެ.

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ގޮތުގައި ހުލާސާއެއް -- މި

ފުލުހުން ބުނީ އެ މައުލޫމާތާއެކު ދެން އަޒްހާންފެންނާނެ ކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެންހުރި ސީސީޓީވީ ފުޓޭޖް ނަގައި ބެލިއިރު އެ ފުޓޭޖުތަކުން އޭނާ ފެނިފައި ނުވާތީ ސްކޭޓް ޕާކް ހިމެނޭ ސަރަހައްދު އިތުރަށް ބަލައި ފާސް ކުރުމަށް ތަހުގީގު ޓީމުން ނިންމާ އެސަރަހައްދު ބަލައި ފާސް ކުރަން ހިންގި އޮޕަރޭޝަންގެ ތެރެއިން ވޯޓާ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ ނިރޮޅުމަގު ހުޅަނގު ފަރާތް ބަލައި ފާސްކުރުމުގެ ތެރޭ އެ ސަރަހައްދުގެ ވެޔޮތަކުގެ ތެރެއިން އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޑީކޮމްޕޯސް ވެފައިވަނިކޮށް ފެނިފައިވާ ކަމަށެވެ.

"… އޮކްޓޯބަރު ދެ ވަނަ ދުވަހު މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނު ހިސާބުން ފެށިގެން ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ތަހުގީގު ބަދަލުކޮށް ތަހުގީގު ވަނީ ފަށާފަ އެވެ. ހަމައެއާއެކު ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އަދި މުހައްމަދު އަޒްހާންގެ ފޯނު މިހާރު ހޯދިފައިވާއިރު އަޒްހާން މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އަދި ލިބިފައެއް ނުވެއެވެ،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.