ރައީސް ދެއްވި ޔަގީންކަން | މި ދައުރުގައި ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދޭނަން

މިހާރު ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 13،000 ޑޮލަރުގަ އެވެ. ރައީސް ވަނީ މި އަދަދު 4,000 ޑޮލަރުގެ ކުރިއެރުމެއް ގެނެސްދެވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ މިރޭގެ ޖަލްސާގައި -- ރައީސް އޮފީސް

މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ބޮލަކަށް ޖެހޭ އާމްދަނީ މިހާރު އޮތް 13،000 ޑޮލަރުން 17،000 ޑޮލަރަށް މަތިކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާއެކު 2028 ވަނަ އަހަރު އަންނަންވާއިރަށް ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިވެގެންދާނެ އެވެ. 

"އިގްތިސޯދީ ސިޔާދަތު ޔަގީން ކުރެވި އިގްތިސޯދު ހަރުދަނާ ކުރެވި ގައުމު މުއްސަނދި ކުރެވި ފަރުދުން މުއްސަނދިވެގެންދާނެ އިރާދުކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް،" ރައީސް ވިދާޅުވި އެވެ. 

ރައީސްގެ މި ވާހަކަފުޅުގެ ކުރީގައި އިގްތިސޯދީ ގޮތުން ބޮޑު ބަދަލުތަކެއް ގެންނަން ކުރަމުން ގެންދާ ގިނަ މަސައްކަތަކަށް ވަނީ އަލު އަޅުއްވާލައްވަވާފަ އެވެ. 

ރައީސްގެ ވާހަކަފުޅުގެ މުހިންމު ޕޮއިންޓްތައް

  •  އަންނަ މަހު ބަންކަރިން ފެށި އަހަރު ދުވަހުގެ ތެރޭ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު ލިބޭނެ
  •  ބަންކަރިންގެ ސަބަބުން ދިވެހިރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރާ ހަރަދު ކުޑަ ވެގެންދާނެ
  •  މި އަހަރުތެރޭ ވީއައިއޭ އޭރޯ ބްރިޖުތައް ބޭނުން ކުރަން ފަށައި ޓާމިނަލް ވަގުތީ ގޮތުން ބޭނުންކޮށް، އަންނަ އަހަރުގެ މެދުތެރޭގައި ޓާމިނަލް ފުލްކޮށް ހުޅުވާނެ
  •  ގައުމީ އެއާލައިންގެ ދަތުރުތައް ފުޅާކުރަން ބޮޑު ބޯޓެއް މި އަހަރުގެ ނޮވެމްބަރު މަހު ދަތުރު ފަށާނެ
  •  ބޮޑު ބޯޓާއެކު ދެ މިލިއަން ޓޫރިސްޓުންގެ އަމާޒަށްވުރެ މަތިވާނެ
  •  ސޮވްރިން ފަންޑުގައި ކުރިން ހުރީ ދެ މިލިއަން މިހާރު 65 މިލިއަން ޑޮލަރު ޖަމާކޮށްފި
  •  ޖޫންގެ ނިޔަލަށް އާމްދަނީ އަށް 18.6 ބިލިއަންގެ އާމްދަނީ ހޯދުނު، ބޮޑުބައި ދިޔައީ ދައުލަތް ހިންގަން، އެކަމަކު ފައިސާ ޗާޕެއް ނުކުރަން
  •  ހަރަދު ކުރީ ލިބުނު އެއްޗަކުން
  •  ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި 2.7 ބިލިއަން ރުފިޔާދިން ދިން، އެއީ ސިޔާސީ މަސައްކަތެއް، އެކަމަކު މި ސަރުކާރުން އެންމެ ރުފިޔާއެއްވެސް ބަދަލަށް ނުދެން.
  •  މި ސަރުކާރުން ދީފައިވާނީ ކޯޓުން ކުރި ހުކުމަކާއެކު މިދިޔަ ސަރުކާރުގެ ދުވަސްވަރު ކުރި ހުކުމާއެކު 199 މިލިއަން ރުފިޔާ
  •  ޗައިނާ އާއި އިންޑިއާގެ ދަރަނި ލުއި ހޯދަން މަސައްކަތް ކުރަމުންދޭ
  •  އިންޑިއާއިން ލައިން އޮފް ކްރެޓިން ބޭނުން ކުރެވޭނެ ގޮތް ހަދައިދީފި
  •  ޗައިނާއިން ވަނީ ލޯނުތައް ފަސްކޮށްދީފަ، މިހާރު ކުރަނީ ފަންނީ މަސައްކަތް
  •  ޔޫއޭއީގެ ސަރުކާރުން ދައްކަން ހުރި ލޯނުވެސް ފަސް އަހަރަށް ފަސްކޮށްދީފަ

ރައީސް ވިދާޅުވީ މި ހުރިހާ މަސައްކަތްތަކެއް ކުރަމުން ދިޔައިރު ފައިސާ ޗާޕުނުކޮށް 3.8 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާނެ ކަމަށެވެ.

"ރިފޯމް އެޖެންޑާ ދަނީ ތަންފީޒު ކުރަމުން. އެއީ ފަރުދީ ގޮތުން ފުދުންތެރިކަން އިހުސާސް ކުރުމަށްޓަކައި. ތިމަންނަގެ އާއިލާއަށް ފައިސާ ހުރިތޯ ދެން އޮތް މަހު ކިހިނެއް ތޯ ކުރާނީ. އެހެންވީމަ އެ އިހުސާސްވުން އިހުސާސްވުމަށް ކުރަން ޖެހޭ މަސައްކަތް މިކުރަނީ،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.