މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުވައިފި

އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ރައީސް ވަނީ މިނިވަންކަމުގެ މަތިވެރި ނިއުމަތް އަބަދުމެ ދެމެހެއްޓެވުން އެދި ދުއާކުރައްވާފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ދިވެހީންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ރައީސް ވަނީ މިނިވަންކަމުގެ މަތިވެރި ނިއުމަތް އަބަދުމެ ދެމެހެއްޓެވުން އެދި ދުއާކުރައްވާފަ އެވެ. އަދި ދިވެހީންގެ ފަހުރުވެރި މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ މިިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ސަރުކާރުން ނިންމެވި އެވެ. އެ ގޮތުން މިނިވަން ދުވަސް ކަމުގައިވާ ޖުލައި 26 ގެ ދެ ދުވަސް ކުރީން ފެށިގެން ޖުލައި 31 ގެ ނިޔަލަށް އެކި ހަރަކާތްތައް ރާއްވާފައި އޮތެވެ.

މި އަހަރު ވެސް ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލްވާއި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމި އެވެ. ނަމަވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުވުން ކެންސަލް ކުރީ އެވެ.

މީގެ އިތުރުން ދިދަ ނެގުމުގެ ހާއްސަ ހަފްލާތައް މިއަދު ހެނދުނު ވަނީ ބާއްވާފަ އެވެ. އެ ހަފްލާ ގައި ދިދަ ވިހުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.

މީގެ އިތުރުން ފުޅަނދުބުރާ އެކު ސުކޫލު ކުދީންގެ ކުޅިވަރާއި ހެވިކަމުގެ ހަރަކާތް ދެއްކުން އޮންނާނެ އެވެ. ސިފައިންނާއި ކެޑޭޓުންގެ ޕެރޭޓާއި ފަންނާނުންގެ ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފިލްމު ފެސްޓިވަލެއްގެ އިތުރުން ސުކޫލު ދަރިވަރުންނަށް ހާއްސަކޮށް މަޒުމޫން ލިޔުމާއި ކުރެހުމުގެ މުބާރާތެއް އޮންނާނެ އެވެ. އަދި ހަވާ އެރުވުން ވެސް އޮންނާނެ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް މިނިވަން ދުވަހުގެ އުފާ ލިއްބައި ދިނުމަށް އެމްބަސީތަކުން ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ ވަނީ ރާވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.