ބްރިޖުން ފީއެއް ނެގުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން: ރައީސް

"ރޭގައި އިއުލާން ކުރެވުނު 'މާލެފަހި' ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އަޅުގަނޑަށް އެރުވުމުގެ ނިޔަތުގައި،"

ގްރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުން

ބްރިޖުން ފީއެއް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރައީސް ވިދާޅުވީ ‏ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"ރޭގައި އިއުލާން ކުރެވުނު 'މާލެފަހި' ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އަޅުގަނޑަށް އެރުވުމުގެ ނިޔަތުގައި،"

ރައީސް ވިދާޅުވީ އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލު ވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދި ވިދާޅުވީ ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ވެސް ޓޯޯލް ނަގަން ނުފަށާނެ ކަމަށެވެ.

ރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާ ގައި ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ކެމްޕެެެެެއިން ތެރޭގައި ވެސް ރައީސް މުއިއްޒު ވަނީ ބްރިޖުން ފީ ނުނަގާނެ ކަމަށް ވިދާޅުވެފަ އެވެ.

ރޭ އޮތް ޖަލްސާ ދެއްކި ރިޕޯޓްގައި ބުނެފައި ވަނީ ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ "މާލެ ފެހި" ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.

އެ މަސައްކަތް ކުރާނީ ދައުލަތުގެ ކަމާގުޅުން ހުރި ހުރިހާ އިދާރާއަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށާ ޓޯލް ފީއާ ގުޅޭ ދިރާސާ ހެދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ބުންޏެވެ.

މާލެއާ ހުޅުލެ ގުޅުވާލާފައިވާ ސިނަމާލެ ބްރިޖާއި ބްރިޖުން ފެށިގެން ހުޅުމާލެއާ ހަމައަށް އޮތް ހައިވޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށާ ނިންމާފައި އޮތް މަޝްރޫއު އެކެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު / އެންމެ އަވަސް އެއް މަޝްރޫއު އެވެ. އަދި އެއީ މުޅި މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް ގިނަ ލުއިތަކެއް ލިއްބައިދިން މަޝްރޫއު އެކެވެ.

ބްރިޖާއި ހައިވޭ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ޓޯލް ފީއެއް ނެގުމުގެ މުހިންމު ކަމުގެ ވާހަކަ އޭރުން ފެށިގެން ދެކެވެ އެވެ. ނަމަވެސް ސިޔާސީ ގޮތުން އެއީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާނެ ކަމަކަށް ވުމުން މިހާތަނަށް އެކަން ކުރަން ނުކުރިފައި އޮތީ އެވެ.

މާލެއާ ވިލިމާލެ ގުޅުވާލާ ބްރިޖުގެ މަސައްކަތުގެ 40 ޕަސެންޓް މަަސައްކަތް ވެސް މިހާރު ވަނީ ނިމިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.