އެސްޓީއޯއިން އެސްޑީ ބަޔޯސެންސާ ލެބް ސާމާނު ރާއްޖެއަށް

މި އުފެއްދުމަކީ ކޮރެއާގެ މަޝްރޫއު އުފެއްދުންތަކެވެ. މިއީ ދުނިޔެއަށް މަޝްހޫރު ބްރޭންޑެކެވެ.

އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމެންޓް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތު -- އެސްޓީއޯ

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެ އަށް އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމެންޓް ތައާރަފް ކޮށްފި އެވެ. 

ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި ހަފްލާގައި މި އާ އިކުއިޕްމެންޓްސް ލޯންޗްކޮށްދެއްވެވީ މިނިސްޓާ އޮފް ހެލްތް އާމިނަތް ޝިރުނާ އެވެ.

އަލަށް ތައާރަފް ކުރެވިފައިވާ އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއަރ ޓެސްޓުތައް ހެދޭނެ އެވެ. އަދި މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލު ތަކާއި ހެލްތް ސެންޓަރު ތަކުން ފެށިގެން ކްލިނިކް ތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެކެވެ. މި އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެއްކަން ފާހަގަ ކޮށެލެވެ އެވެ.

ތައާރަފު ކުރި ލެބް އިކުއިޕްމެންޓްތައް

އެފް-200 އަދި އެފް-2400 - ހެދޭ ބައެއް ޓެސްޓްތައް: ތައިރޮއިޑް ޕްރޮފައިލް، ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް، 
ޑެންގޫ،  ގޮހޮރުގެ ބަލިތައް ވިޓަމިން ޑީ އަދި ބީޓާ އެޗްޗީޖީގެ އިތުރުން އިންފްލެމޭޝަން މާކާސް

އެމް 10 މެޝިން -  ހެދޭ ބައެއް ޓެސްޓްތައް: ޑެންގޫއާއި ޓީބީ ފުއްޕާމޭގެ ބަލިތައް އަދި އެސް.ޓީ.އައި އަދި އެޗް.ޕީ.ވީ
 

މިނިސްޓްރީ އޮފް ހެލްތް، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލު އަދި ކްލިނިކްސް ތަކުން ހާޒިރުވި މި ހަފްލާގައި އެސްޓީއޯ އިން އަލަށް ތައާރަފްކުރި ވަސީލަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ދީފައިވެ އެވެ. 

ބަޔޯ ސެންސަރު ލެބް - ބަޔޯސެންސާ އަކީ ސައުތް ކޮރެއާ އަށް ނިސްބަތްވާ ކުންފުންޔެކެވެ. މި ކުންފުންޔަކީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެވެ. މިގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުން ތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.