ޑުރަގު މީހަކު އުމުރަށް ޖަލަށްލާން ހުކުމް ޖަހައި ބޮޑު ޖޫރިމަނާއެއް ކޮށްފި

ޝަރީއަތް ހިންގުމަށް ފަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާ އާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 23 އަހަރާއި، 10 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ. މި ހުކުމް އައީ ސ. މަރަދޫ މީހެއްގެ މައްޗަށެވެ. 

އޭނާ އަ ދެކޮޅަށް އުފުލި ދައުވާގައި ބުނަނީ މާޗް 24، 2019 ގައި މާލޭގެ ނޯތު ހާބަރު ބޭރު ތޮށީގަނޑުގައި އޮތް "ރަންދޫ" ބޯޓުން ޑުރަގު ހިފައިގެން ފުރަން އުޅޭތީ ހައްޔަރުކޮށް ބެލި އިރު އޭނާގެ ދަބަހުގެ ތެރޭ އޮތް ސިނގިރޭޓު ފޮއްޓެގެ ތެރޭން ފެނުނު ދަޅެއްގައި 21.3660 ގްރާމް ކެނެބިސް ހުރިކަމަށް ތަހުލީލު ތަކުން ދެއްކި ކަމަށެވެ. އޭނާއާ ދެކޮޅަށް ކޮށްފައި ވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި، ކެނަބިސްއަށް ޕޮޒިޓިވް ވެފައި ވާއިރު އޭނާގެ މައްޗަށް ވަނީ ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ވެސް ކޮށްފަ އެވެ. 

ޝަރީއަތް ހިންގުމަށް ފަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާ އާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު މުއްދަތުގައި އޭނާ ޖަލުގައި ހޭދަ ކޮށްފައިވާ އެއް އަހަރާއި ދެ މަސް ދުވަސް ހުކުމުން އުނި ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ 23 އަހަރާއި، 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.