ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވާ ސައިކަލުތައް ހިފަހައްޓަނީ

"އުނދަގޫވާ ގޮތަށް ބާރަށް އަޑުގަދަވާ ގޮތަށް ސަައިލެންސަރު މޮޑިފައި ކޮށްގެން ސައިކަލު ދުއްވުން ވެސް އަޅުގަނޑުމެން ހުއްޓުވާނަން،"

ހޯމް މިނިސްޓަރު އަލީ އިހްސާން ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވާ ސައިކަލުތައް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ރޭ ވިދާޅުވެއްޖެ އެވެ.

ގްރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ޖަލްސާގައި މިނިސްޓަރު އިހްސާން ވިދާޅުވީ މާލޭއާ ހުޅުމާލޭގެ މަގުތަކަކީ އަމާން ތަންތަނަށް ހައްދަވާނެ ކަމަށެވެ.

އެކަމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާ އެ މަސައްކަތް ހުއްޓާލާނީ ކާމިޔާބު ކުރެއްވުމަށް ފަހު ކަމަަށެވެ.

"ފޭކު ނަންބަރު ޕްލޭޓް ޖަހައިގެން އަދި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ބާރަށް އަޑުގަދަވާ ގޮތަށް ސަައިލެންސަރު މޮޑިފައި ކޮށްގެން ސައިކަލު ދުއްވުން ވެސް އަޅުގަނޑުމެން ހުއްޓުވާނަން،"

މިނިސްޓަރު ވިދާޅުވީ ފޭކު ނަންބަރު ޕްލެޓް ޖަހައިގެން ބަނގުރާ އަރުވައިގެން އޭގެ ވިޔަފާރި ކުރާ ބަޔަކު ފާހަގަވެ ހުއްޓުވާފައިވާ ކަމަށެވެ.

އަދި މިސްކިތްތަކާއި ހޮސްޕިޓަލްތަކާއި މަގުތަކާއި ގޯޅިތަކުގައި އުނދަގޫވާ ގޮތަށް ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކޮމެންޓް

1
450
ހުސޭނު
2 months ago

ތިހެން ދުއްވާ މީހާ ސައިކަލާ އެކު ފުރާ ދޯންޔެއް ބަލާފަ ރަށައް ފޮނުވާލަން ވީ. ތިހެން އުޅެނީ ގިނައިން ރައްރަށު މީހުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.