މަގާމުގައި ދެ ދުވަސް؛ މާނިއު އިސްތިއުފާ ދީފި

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ "ދަމިރާ" އަށް ވިދާޅުވި ގޮތުގައި މާނިއު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ސަބަބެއް ވިދާޅެއް ނުވެ އެވެ. އިތުރު ތަފްސީލެއް ވެސް ނުދެއްވަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ކުރީން ހުންނެވި ޔޫސުފް މާނިއު،

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ވަކި ކުރައްވާ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަގާމަށް ބަދަލު ކުރެއްވި ގ. އަތަ ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މާނިއު، ކަސްޓަމްސްގެ ވެރިޔާގެ މަގާމުން ވަކިކުރައްވާ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރެއްވީ މީގެ ދެ ދުވަސް ކުރީންނެވެ. މާނިއު ވަކި ކުރެއްވުމަށް ފަހު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ހަމަޖެއްސެވީ ޅ. ހިންނަވަރު ސަންދުރަ، ފާތިމަތު ދިޔާނާ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ "ދަމިރާ" އަށް ވިދާޅުވި ގޮތުގައި މާނިއު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެ އެވެ. އިތުރު ތަފްސީލެއް ވެސް ނުދެއްވަ އެވެ.

މާނިއު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރެއްވީ އޭނާއަށް އެންގެވުމެއް ވެސް ނެތި ކަމަށް ކުރީން ވިދާޅުވެފައިވެ އެވެ. އިސްތިއުފާ ދެއްވި ސަބަބާއި ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.

ކަސްޓަމްސް ހިންގެވި ދުވަސްވަރު މާނިއުއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ކަސްޓަމްސްގެ ކާރުތަކެއްގައި ރަން ކުލަ ޖެއްސުމާއި އެ ނޫން ބައެއް ކަންކަމުގައި ހޫނު ފެނަށް ވެއްޓި ޕްރެޝަރު ވަރަށް ބޮޑުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.