އިލްމީ އަދި ފަންނީ ދިރާސާތަކަށް މޯލްޑިވްސް ސެންޓާ ފޯ ޕޮލިސީ ސްޓަޑީޒް އުފައްދައިފި

މި މަސައްކަތުގައި އިސްކޮށް ތިއްބެވީ ދައުލަތަށް ގިނަ ދުވަސްތަކަކު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި، ވަރަށް ޢިލްމީ ބޭފުޅުންނެވެ.

ދައުލަތަށް ގިނަ ދުވަސްތަކަކު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި، ޢިލްމީ ބޭފުޅުންކޮޅެއް އިސްވެ ތިއްބަވައިގެން މޯލްޑިވްސް ސެންޓާ ފޯ ޕޮލިސީ ސްޓަޑީޒް -- ޕޮލިސީ އެމްވީ އުފައްދަވައިފި އެވެ. 

ދިވެހިރާއްޖެއަށް އަސަރުކުރާނޭ އަދި ކޮށްފާނޭ ހުރިހާ ދާއިރާއެއްގައި، ބައިނަލްއަޤްވާމީ އަދި ޤައުމީ މައްސަލަތަކާއި އަދި ސިޔާސަތުތަކާބެހޭ ގޮތުން ޢިލްމީ އަދި ފަންނީ ދިރާސާކުރުމަށް އުފައްދާފައިވާ ޕްލެޓްފޯމް ވުޖޫދުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ ކުރީކޮޅުއެވެ.

މި މަސައްކަތުގައި އިސްކޮށް ތިއްބެވީ ދައުލަތަށް ގިނަ ދުވަސްތަކަކު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި، ވަރަށް ޢިލްމީ ބޭފުޅުންނެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި، މުއައްސިސުންނަކީ؛

  •  ​ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން
  •  ​އަލްފާޟިލާ އަނީސާ އަޙްމަދު
  •  ​އަލްފާޟިލް ޙަމްދޫން ޙަމީދު
  •  ​އަލްފާޟިލާ ޒާހިޔާ ޒަރީރު
  •  ​އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު
  •  ​އަލްފާޟިލް އަޙްމަދު ސަރީރު
  •  ​ޑރ. ޢަލީ ފަވާޒު ޝަރީފް

މިނޫހުން ގުޅާލުމުން ޕޮލިސީ އެމްވީގެ މެނޭޖިން ޕާޓްނާ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވީ، މި މަސައްކަތަކީ، ދިވެހިރާއްޖެއަށް އަސަރުކުރާނޭ އަދި ކޮށްފާނޭ ފަދަ މައްސަލަތަކުގައި ޢިލްމީ އަދި ފަންނީ ދިރާސާކޮށް ފަންނީ ރަޢުޔު އެކުލަވާލުމުގެ މަޤްޞަދުގައި އުފެއްދި ޢިލްމީ މަސައްކަތް ކުރާނޭ މުއައްސަސާއެއް ކަމަށެވެ.

އަދި މި މުއައްސަސާގެ މަސައްކަތާ ބެހޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދިނުމަށް ވަރަށް އަވަހަށް ޕްރެސް ބްރީފިން އެއް ބާއްވަވާނޭ ކަމަށް ވިދާޅުވި އެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި، ޕޮލިސީ އެމްވީގެ  ބޯޑުގެ ޗެއާމަނަކީ ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން އެވެ.

ކޮމެންޓް

1
450
އަދުރޭ އަމާ
1 month ago

މިސަރުކާރުން ކުރާ ތާކުންތާކުނުޖެހޭ ކަންތައްތަކަށް އެއްޗެއް ބުނެލިއިރަށް އެޖެއްސީ މަޅީގައި! ކަމެއްނުދީގެން (ކައުޅެއްވެސް) ލައްކަ އަގަތަޅައިފިކަމަށްވަނީ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.