ބޭންކްއަށް މި އަހަރު ސްކޭމްގެ 1،400 މައްސަލަ، 39 ޕަސެންޓް ފޯނު ގުޅައިގެން

ސްކޭމް މައްސަލަތަކުގައި މުވައްޒަފުންގެ ބައިވެރިވުމެއް އޮތް ކަމަށް މިހާތަނަށް ފާހަގަ ކުރެވިފައެއް ނެތެވެ.

ގައުމީ ބޭންކް ބީއެމްއެލް

މި އަހަރުގެ މިހާތަނަށް ސްކޭމްގެ 1،400 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާ މީގެ ތެރޭން 39 ޕަސެންޓް މައްސަލައަކީ ފޯނު ގުޅައިގެން ހިންގާފައިވާ ސްކޭމްގެ މައްސަލަތައް ކަމަށް ބޭންކުން ބުނެފި އެވެ. 

ސްކޭމްގެ މައްސަލާގައި ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީގައި މައުލޫމާތު ދެއްވަމުން ޑިރެކްޓަރު އޮފް ރީޓެއިލް މޫސާ ނިމާލް ވިދާޅުވީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި 700 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ޖުމްލަ 1،400 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ސްކޭމްގެ މައްސަލާގައި ބައެއް މެންބަރުން ވަނީ މިފަދަ މައްސަލަތައް ހިންގުމުގައި ބޭންކުގެ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތަހުމަތުކޮށްފަ އެވެ. ނަމަވެސް ފުލުހުން ވެސް މިދިޔަ އަހަރު ބޭއްވި ކޮމެޓީއެއްގެ ބައްދަލުވުމެއްގައި ވަނީ ބޭންކުގެ މުވައްޒަފުންގެ ބައިވެރިވުމެއް މިފަދަ މައްސަލަތަކުގައި ނެތް ކަމަށް ބުނެފަ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރު އޮފް ރީޓެއިލް ނިމާލު ވިދާޅުވީ ސްކޭމްގެ ގިނަ މައްސަލަ ތަކެއް ހުށަހެޅިނަމަވެސް ބޭންކުގެ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް އެނގިފައި ނެތް ކަމަށެވެ.

"މިހާތަނަށް ތަހުގީގީ އިދާރާތަކުން ވެސް ނެތް މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ބުނެފައެއް. އަޅުގަނޑުމެން ބެލިބެލުމުން ވެސް އެނގޭކަށް ނެތް،" ނިމާލް ވިދާޅުވި އެވެ.

ސްކޭމްގެ ތަފާސް ހިސާބުތައް

  •  މި އަހަރު ޖުމްލަ - 1400 ސްކޭމް މައްސަލަ
  •  ދެވަނަ ކުއާޓަރުގައި 700 ސްކޭމް މައްސަލަ
  •  39 ޕަސެންޓަކީ ފޯނުން ގުޅައިގެން / ވައިބާއިން
  •  35 ޕަސެންޓަކީ މާކެޓް ޕްލޭސް ރިޕްލައިކޮށްގެން
  •  20 ޕަސެންޓް ފޮރިން ކަރަންސީއާ ގުޅުންހުރި ސްކޭމް
  •  6 ޕަސެންޓް ޑިޖިޓަލް ބޭންކިން ކޮމްޕޮމައިޒް މައްސަލަ

ޑިރެކްޓަރު އޮފް ރީޓެއިލް ނިމާލް ވިދާޅުވި ގޮތުގައި އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒްވެފައިވަނީ އިންޓަނެޓު ބޭންކިން ގެންގުޅޭ މީހެއްގެ ސަބަބުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.