ރިސޯޓް ވެރިންގެ ޖަމިއްޔާ އާއި އެމްއެމްޕީއާރުސީން ގުޅުން ހަރުދަނާ ކުރަން ސޮޔެއް

މަޓީ އާއި އެމްއެމްޕީއާރުސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އެއްބާރުލުން ދޭށެވެ.

މަޓީއާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކުރުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ -- ވިޒިޓް މޯލްޑިވްސް

ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތައް ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރުމަށް އެމްއެމްޕީއާރުސީ އާއި ރިސޯޓް އޯނަރުންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އެންޑް އެމްޑީ އިބްރާޙިމް ޝިއުރީ ވިދާޅުވީ މަޓީއާއެކު މި މުހިންމު އެއްބާރުލުން ރަސްމީކޮށް ފެށުން މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ

"މަޓީގެ ފުޅާ އިންޑަސްޓްރީ އިލްމާއި ތަޖުރިބާއަކީ އަޅުގަނޑުމެންގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ހަރުދަނާކުރުމުގައި އަގު ހުރި އެސެޓަކަށް ވާނެކަން ޔަގީން. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އަމާޒުތައް ހާސިލްކުރުމަށް އެބޭފުޅުންގެ ވިސްނުމާއި ސަޕޯޓު ވަރަށް ބޮޑު އެހީއަކަށް ވާނެ." ޝިއުރީ ވިދާޅުވި އެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ އަބަދު ވެސް އެމްއެމްޕީއާރުސީއާ މަޓީ ގާތް މަސައްކަތުގެ ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި މިއަދުގެ މި އެމްއޯޔޫ ސޮއިކުރުމާއެކު އެ ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުންމީދު ކުރާކަމަށެވެ.

މީގެ އިތުރުން، މަޓީގެ އެއްބާރުލުން ދިނުމަކީ އެމްއެމްޕީއާރުސީގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި މިއީ ޝައްކެއް ވެސް ނެތްގޮތުގައި އަޅުގަނޑުމެންގެ ޑެސްޓިނޭޝަން ބްރޭންޑްއެއްގެ ގޮތުގައި ވަރުގަދަކުރުމަށާއި އަޅުގަނޑުމެންގެ ޖުމްލަ ޕާފޯމަންސް ޓާގެޓްތައް ހާސިލްކުރުމަށް މުހިންމު ކަމެއް ކަމަށްވެސް ނަޒީރު ވިދާޅުވި އެވެ. 

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގ ސްޓްރެޓެޖީތަކާއި ކެމްޕޭންތަކާއި އުކުޅުތައް ކޮންސެޕްޓުއަލައިޒްކޮށް އެކުލަވާލުމުގައި އެމްއެމްޕީއާރުސީއަށް އެހީތެރިވެ، އެޑްވައިޒަރީ ރޯލެއް އަދާކުރުމުގައި މަޓީއިން މުހިންމު ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.