އޮލިމްޕިކްސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަށް ނައިބު ޕެރިހަށް

"ޕެރިސް އޮލިމްޕިކްސް 2024" ދިވެހި ދިދަ ރާއްޖޭގެ ކޮންޓިންޖެންޓާއި ހަވާލުކުރެއްވީ މިދިޔަ އާދީއްޔަދުވަހު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އޮލިމްޕިކްސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ފްރާންސްގެ ވެރިރަށް، ޕެރިހަށް ފުރާވަޑައިގަންނަވައިފި އެވެ.

މި އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. ނައިބު ރައީސް ޕެރިހަށް ވަޑައިގަންނަވަނީ ފަރަންސްގެ ސަރުކާރާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ދެއްވި ދައުވަތެއްގައިކަމަށެވެ. ދަތުރުފުޅުގައި އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓާއި އެ މަނިކުފާނު ބައްދަލު ކުރައްވާނެ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ފަސް އެތުލީޓުން ބައިވެރި ވެއެވެ. އެއީ ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ސްވިމިން އަދި ޓޭބަލް ޓެނިހެވެ.

"ޕެރިސް އޮލިމްޕިކްސް 2024" ދިވެހި ދިދަ ރާއްޖޭގެ ކޮންޓިންޖެންޓާއި ހަވާލުކުރެއްވީ މިދިޔަ އާދީއްޔަދުވަހު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.