"ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން އަވަސް ބަދަލުތަކެއް މުހިންމު"

އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރަން އަވަސް ބަދަލުތަކެއް ގެނައުން ރާއްޖެއަށް މުހިންމުވެފައި ވެއެވެ.

އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ކިނބިދޫގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ކަރަންޓް އުފައްދާށާއި ދަތުރުފަތުރު ބަރޯސާވެފައި މިވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށާއި ތެލަށް އަހަރަކު ޖީޑީޕީގެ ގާތްގަނޑަކަށް 13.5 ޕަސެންޓް ހަރަދުކުރާތީ މާލިއްޔަތަށް އޮތް ދަތި ހައްލުކުރަން އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ގާއިމު ކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތައް އިފްތާހު ކުރި ރަސްމިއްޔާތެއްގައި ތ. ކިނބިދޫގައި ހުންނަވައިގެެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާލިއްޔަތަށް އޮތް ބުރަ ކުޑަކުރަން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އިރުގެ އަލިން ހަކަތަ އުފައްދާ 65 މެގަވޮޓުގެ ނިޒާމުތައް ގާއިމުކޮށްފައިވި ނަމަވެސް ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރަން އަވަސް ބަދަލުތަކެއް ގެނައުން މުހިންމު ކަމަށެވެ.

"ބޭނުންވާ ކަރަންޓުގެ 33 ޕަސެންޓް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިއާދަ ކުރަނިވި ހަކަތައިގެ ނިޒާމުތައް ބޭނުން ކޮށްގެން ކަރަންޓު އުފެއްދޭނެ ގޮތަށް ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައި. މި ވަގުތު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރަކީ ގާތްގަނޑަކަށް ފަސް ޕަސެންޓް" ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.