ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން އޭޖީން އިސްވެ މުއައްސަސާތަކާ އެކު މަޝްވަރާކޮށްފި

މިއަދުގެ ބައްދަލްވުންތަކުގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އޭސީސީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އޭޖީ، އޭސީސީގެ މެންބަރުންނާ ބައްދަލު ކުރައްވަނީ

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އިސްވެ ބައެއް މުއައްސަސާތަކާ އެކު މަޝްވަރާ ކޮށްފި އެވެ.

އޭޖީ އޮފީހުން ބުނީ ދެ މުއައްސަސާ އަކާ އެކު އެ އޮފީހުން މިއަދު އެ މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ. އެއީ އޮޑިޓަރު ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ.

އެ އޮފީހުން ބުނި ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެވެ.

މިއަދުގެ ބައްދަލްވުންތަކުގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އޭސީސީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ދައުލަތުން ގެއްލުނު ފައިސާއާ ހޯދަން ޖެހޭ ފައިސާގެ ވާހަކަ އަކީ ސަރުކާރުތަކުން އަބަދުވެސް ދައްކާ ވާހަކަ އެކެވެ. މައްސަލަތައް ބަލާ ތަހުގީގުކޮށް ނާޖާއިޒު ގޮތުގައި ހޯދާ އެތައް މިލިއަން ފައިސާއެއްގެ މައްސަލަތައް އޮޑިޓް އޮފީހާއި އޭސީސީން ކޮންމެ އަހަރަކު ވެސް ފާހަގަ ކުރެ އެވެ. ފައިސާ ހޯދަން ވެސް އަންގަ އެވެ. ނަމަވެސް ގިނަ ފަހަރަށް އެންމެ ލޯ ލާރިއެއްވެސް ނުހޯދެ އެވެ.

ގިނަ ފަހަރަށް އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުން އެފަދަ މަސައްކަތެއް ކުރަނީ ވެސް ވެރިކަމުގެ ދައުރު ބަދަލުވާނެ ކަން ޔަގީންވުމުން ކޮމިޝަންގެ މެންބަރުން މަގާމުތަކުގައި ދެމި ތިބުމަށެވެ. އެހެން ނޫނީ އޭރަކު އޮންނަ ސަރުކާރަކުން އަތުވެދާނެ ފިއްތުމަކަށް ޖެހިލުންވެ ޒިންމާ އަދާކުރުމުގައި އިހުމާލުވެ މަގާމު ދެމެހެއްޓުމުގައި ތިބެނީ އެވެ.

ރައީސް މުއިއްޒު ދާދި ފަހުން ހިޔާނާތްތައް ބަލާ ދައުލަތުން ނަގާފައިވާ ފައިސާ އަނބުރާ ހޯއްދަވަން ކުރައްވަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާ އެކަމަށް އެއްވެސް މޫނެއްގެ މޫނަށް ނުބައްލަވާނެ ކަމަށް ވެސް ވިދާޅުވެ ފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.