ބަންގާާޅުގެ ހާލަތު ގޯހުން ގޯހަށް، ދިވެހީންގެ ހާލަތު ގަވާއިދުން ދަނީ ބަލަމުން

ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުށް މިނިސްޓްރީއިން އަންނަނީ ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.

ބަންގާޅުގައި މުޒާހަރާ ކުރާ މީހުން ވެހިކަލްތަކުގައި ހުޅުޖަހާފައި

ބަންގްލަދޭޝް ގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމު ގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރު ކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މި ވަގުތު ބަންގަލްދޭޝްގެ ޗިޓަގޮންގް ގައި ތިބި 75 ދަރިވަރުންނާއި ޑާކާގައި ތިބި ހަތް ދަރިވަރުންނާއި ކޮމިލާގައި ހުރި ދަރިވަރަކާއި ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލުބަލަމުން ކަަމަށެވެ. މި ދަރިވަރުންނާ އެކު، ބަންގްލަދޭޝު ގައި މިވަގުތު ތިބި ކަމަށް ހައިކޮމިޝަނަށް މައުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ހައިކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދު ކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު ވަނީ އެހެން ސަރަޙައްދަކަށް ބަދަލު ކުރެވިފައި ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލު ގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން ހަމަޖައްސައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކު ގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑާ ހުރަސްކުރުމުގައި އެހީތެރި ކަމަށް އެދުމުން ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި އިންޑިއާ ގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ މީގެ ކުރިން އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފައި ކަމަށެވެ.

ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުށް މިނިސްޓްރީއިން އަންނަނީ ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

".. މިގޮތުން ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ ވަނީ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރިއާ އެޑްމިރަލް ޝެއިހް އަބްދުލް ކަލާމްއާޒާދާއި މިއަދު ބައްދަލުކުރައްވައި ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުއްވާ ބަންގްލަދޭޝް ގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި،"

މިވަގުތު ބަންގްލަދޭޝު ގައި ކާފިއު އިއުލާން ކޮށްފައިވުމުން ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ބަންގަލްދޭޝްގެ ހާލަތު

ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ އުސޫލު ބަދަލު ކުރުމަށް ގޮވާލާ ފެށި މުޒާހަރާތައް ވަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފަ އެވެ. އެތައް ބަޔަކު ވަނީ މުޒާހަރާގެ ތެރެއިން މަރުވެފަ އެވެ.

މަރުވި މީހުންގެ އަދަދު 160 ވުރެ ގިނަ އެވެ. މުޒާހަރާގެ ބައިވެރީން ދަނީ ދައުލަތުގެ މުދަލާ ތަކެތީގައި ހުޅު ޖަހަމުންނެވެ. އިމާރާތްތަކާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސިފައިން ވެސް ވަނީ މަގުތަކަށް ނެރެފަ އެވެ. ކާފިއު އިއުލާނުކޮށް މުޒަހަރާ ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރަމުން ދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.