ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރާނަމަ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލޭނެ

އޭނާ މި މޭރުމުން އޭނާ ވާހަކަ ވިދާޅުވި ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް ބަލައިގަންނަން ނުފެންނަ ކަމަށް، އަޒާން ވަނީ ކުރީން ވޯޓް ދެއްވާފަ އެވެ.

ކޮންގެރެސްގެ މަޖިލިސް މެންބަރު އަހުމަދު އަޒާން

ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރާނަމަ ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅު ވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސަތު އެކުލަވައިލުމަށް ހުރަސް އެޅޭ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރަން އެ މިނިސްޓްރީން ނިންމި ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނުމުންނެވެ. 

އެ މައްސަލައާ ގުޅުވާލައް މެންބަރު އަޒާން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ނުކުރެވޭނެ ކަމަށެވެ. އަޒާން އަކީ މިދިއަ ސަރުކާރު ފެށުނު ދުވަސްވަރުން ފެށިގެން ނިމެންދެން ނޫސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން ސަރުކާރުގެ ސިއްރު ކުރަމުން ދިޔަ މައުލޫމާތުތައް ހޯދައި އާންމު ކުރުމުގައި އުޅުއްވެވި ބޭފުޅެކެވެ. 

"މިއީ ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް މި ނިންމުން މުރާޖައާ ކުރަން ޖެހޭ" އޭނާ ވިދާޅުވި އެވެ.

އޭނާ މި މޭރުމުން އޭނާ ވާހަކަ ވިދާޅުވި ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް ބަލައިގަންނަން ނުފެންނަ ކަމަށް، އަޒާން ވަނީ ކުރީން ވޯޓް ދެއްވާފަ އެވެ.
 
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން ވަނީ މި ސަރުކާރުގައި އެ މިނިސްޓްރީއަށް އައްޔަން ކުރި ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް އެދިފަ އެވެ. ނަމަވެސް އެ މިނިސްޓްރީން ފުރަތަމަ ބުނީ އެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ނަމަވެސް އައިކޮމްއަށް މައްސަލަ ހުށަހަޅައި އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުމުން މި މަހުގެ 18 ވަނަ ދުވަހު  އެޑިއުކޭޝަނުން ބުނީ މައުލޫމާތު ދެވެން ނެތް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.