އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭ ލެވެލްގެ ފުރުސަތު

މިއީ ބޭކާރު ހަރަދަކަށް ވެދާނެ ކަމަށް މީހުން ގަބޫލުކޮށްފާނެ އެވެ. ނަމަވެސް މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް ހުނަރު ކުރިއެރުވުމަށް ފުރުސަތު ދިނުމުގެ ވިސްނުމެކެވެ.

ދަރުވަރުންތަކެއް ރޭގެ ޖަލްސާގައި: 23 ސްކޫލެއްގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭލެވެލަށް ކިޔަވާނެ ފުރުސަތު ދޭނެ

ރާއްޖޭގެ 23 ސްކޫލެއްގައި އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުން، އޭ ލެވެލަށް ކިޔަވާނެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފި އެވެ.

ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވާހަކަފުޅު ދައްކަވައި ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ފުރުސަތު ދޭން ދިމާވާ ބޮޑު ގޮންޖެހުމަކީ ސާނަވީ އިމްތިހާނުތަކުން ގިނަ ދަރިވަރުން ފާސްނުވާ މައްސަލަ އެވެ. އެކަން ހައްލު ކުރުމަށް 23 ސްކޫލެއްގައި ސާނަވީ އިމްތިހާނު ނިންމާ ހުރިހާ ކުދިންނަށް ޖާގަ އޮތް މިންވަރުން އޯލެވެލްގެ ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ. 

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ: 

"މައްސަލައަކީ ޔުނިވާސިޓީ ތައުލީމަށް ވަދެވޭ ފެންވަރަށް ދެހާހެއްހާ ދަރިވަރުން  ފާސް ނުކުރެވިގެން މި އުޅެނީ... ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެކަން ބަދަލުކޮށް ފާސްވާ ނިސްބަތް މަތި ކުރުން.  މި އަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯ ލެވެލް ނިންމާ ހުރިހާ ދަރިވަރުން އޭ ލެވެލްއަށް ދެވޭނެ ގޮތް ހަދައި ދޭނަން،"

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ބޭކާރު ހަރަދަކަށް ވެދާނެ ކަމަށް މީހުން ގަބޫލުކޮށްފާނެ އެވެ. ނަމަވެސް މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް ހުނަރު ކުރިއެރުވުމަށް ފުރުސަތު ދިނުމުގެ ވިސްނުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.