މި މައްސަލައާ ގުޅިގެން 28 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ދިވެހި ފިރިހެނެކެވެ.
ގައްދޫގައި 18 އަހަރުގެ މީހަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތު ގައި ހައްޔަރު ކުރި މީހާގެ ބަންްދަށް މުއްދަތު ޖަހައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި ގައްދޫގައި 18 އަހަރުގެ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން 28 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.