ސީޕީގެ އެންގުމެެއް ކަމަށް ބުނެ ފޮނުވާ މެއިލްތަކަކީ ފޭކެއް، ނުޖެހޭތި!

މެއިލްކޮށްގެންނާއި ލިންކުތައް ފޮނުވައިގެން އަދި ގުޅައިގެން އޯޓީޕީއާ ޕާސްވޯޑް ހޯދައިގެން މީހުންގެ އެކައުންޓުން ފައިސާ ނެގުމާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތައް ވަނީ ވަރަށް ގިނަވެފަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު -- ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސްގެ ފަރާތުން އަންގާ އެންގުމެއް ކަމަށް ސިފަވާ ގޮތަށް ބައެއް ފަރާތްތަކަށް ލިބެމުންދާ މެއިލްތަކަކާ ފުލުހުން ފޮނުވަމުންދާ މެއިލްތަކެއް ނޫން ކަމަށާ އެކަމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި ފުލުހުންގެ އިދާރާ ނުވަތަ ކޮމިޝަނާ އޮފް ޕޮލިސްގެ ފަރާތުން އަންގާ އެންގުމެއް ކަމަށް ސިފަވާ ގޮތަށް ބައެއް ފަރާތްތަކަށް އީމެއިލް ތަކެއް ލިބެމުން ދާކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބިފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ދައުރު ވަމުންދާ އީމެއިލް ތަކަކީ އެ މުއައްސަސާ އިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫން ކަމަށެވެ. އަދި މިފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް ކަމުގައި ވިދާޅުވި އެވެ.

"މިފަދަ މެއިލްތަކަށް ރިޕްލައިކޮށް، ހިމެނޭ ލިންކުތަކަށް ނުފިތުމަށް އިލްތިމާސް ކުރަން،"

މެއިލްކޮށްގެންނާއި ލިންކުތައް ފޮނުވައިގެން އަދި ގުޅައިގެން އޯޓީޕީއާ ޕާސްވޯޑް ހޯދައިގެން މީހުންގެ އެކައުންޓުން ފައިސާ ނެގުމާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތައް ވަނީ ވަރަށް ގިނަވެފަ އެވެ. ޖަލުގައި ތިބޭ ގައިދީންގެ ބޮޑު ބައިވެރިވުމެއް އޮވެގެން އެކަން ފުޅާކޮށް ރާއްޖޭގައި ހިނގަ އެވެ.

މީހުންނަށް ބޮޑެތި ގެއްލުންދީ އެތައް ހާސް ފައިސާއެއް އޮގޮތުން ފޭރިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.