މާނިއު މުހައްމަދު މިއަދު ވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަގާމަށް ބަދަލު ކުރައްވާފަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޅ. ހިންނަވަރު ސަންދުރަ، ފާތިމަތު ދިޔާނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނު ކުރައްވައިފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެ މަގާމަށް ފާތިމަތު ދިޔާނާ، އައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.
ދިޔާނާ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ.
މީގެ ކުރިން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވީ ގ. އަތަ ޔޫސުފް މާނިއު މުހައްމަދު މިއަދު ވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަގާމަށް ބަދަލު ކުރައްވާފަ އެވެ. ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިއު އައްުޔަނު ކުރީ މީގެ އަށް މަސް ދުވަސް ކުރީން ނޮވެންބަރު 20، 2023 ގަ އެވެ.
މާނިއު ކުރީން ވަނީ އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ކުރައްވާފައެވެ.
އޭގެ ކުރީން އެ މަގާމު ފުރުއްވީ އަބްދުﷲ ޝަރީފެވެ. އޭނާ ވަނީ މިދިޔަ ނޮވެންބަރު މަހުގެ ހަވަނަ ދުވަހު މަގާމުން ރިޓަޔާ ކުރައްވާފައެވެ. އަބްދުﷲ ޝަރީފް ވަޒީފާއިން ރިޓަޔާ ކުރެއްވި އިރު އެނާ ވަނީ 28 އަހަރުގެ މުއްދަތަކަށް ކަސްޓަމްސްއަށް ހިދުމަތް ކޮށްދެއްވާފަ އެވެ.
އެ މަގާމަށް ޝަރީފް އައްޔަން ކުރެއްވީ ޖޫން 2020ގަ އެވެ. އޭނާ އެ މަގާމާ ހަވާލުވުމުގެ ކުރިން ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނާ ކަމުގައެވެ.
ޝަރީފް، ޑެޕިއުޓީ ކޮމިޝަނާގެ މަގާމުން ސީޖީގެ މަގާމަށް ބަދަލުކުރެއްވީ އޭރު އެ މަގާމުގައި ހުންނެވި އަހްމަދު ނުއުމާން، 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.