ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމެކެވެ.
ރާއްޖޭގެ މާކެޓްގައި ތަޣައްޔަރުވެފައިވާ މާމުއި ދައުރު ވަމުންދާތީ އެ އުފެއްދުންތައް ބޭނުން ކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނި ގޮތުގައި އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ވިއްކަމުންދާ މާމުއީ ގައި ބޭހުގެ ދެ މާއްދާއެއް ހުރިކަން ފާހަގަ ވެފައިވާ ކަމަށެވެ. މި ފަދަ އުފެއްދުންތަކަކީ ޔޫއެސް އެފްޑީއޭ އިން ވެސް ރައްކާތެރި ނޫން ކަމަށް ފާހަގަކޮށްފައިވާ އުފެއްދުންތަކެއް ކަމަށް ވެސް ބުންޏެވެ.
ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ކަމެއް ކަމުން މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްކާތެރި ކުރުމަށް މި އުފެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ބުންޏެވެ.
މި ފަދަ މާމުއިތަކަކީ ފިރިހެނުންގެ ޖިންސީ ބާރު ގަދަކުރުމާއި އެ ނޫން ވެސް ކަންކަމަށް ރަނގަޅު ކަމަށް ބުނެ ވިއްކަމުންދާ އެއްޗެކެވެ.