އަލީ ނިޔާފަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން އެވެ. އޭނާ އޭޑީކޭ އިން ވަކިވެވަޑައިގެންނެވީ ނުވަ އަހަރާއި 10 މަސް ދުވަހު އެ ހޮސްޕިޓަލް ގައި މަސައްކަތް ކުރެއްވުމަށް ފަހު އެވެ.
ޑރ. އަލީ ނިޔާފު، އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި އޭޑީކޭ ހޮސްޕިޓަލުން ވަކިވެވަޑައިގެން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި މިއަދު ގުޅިވަޑައިގެންފި އެވެ.
އަލީ ނިޔާފަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން އެވެ. އޭނާ އޭޑީކޭ އިން ވަކިވެވަޑައިގެންނެވީ ނުވަ އަހަރާއި 10 މަސް ދުވަހު އެ ހޮސްޕިޓަލް ގައި މަސައްކަތް ކުރެއްވުމަށް ފަހު އެވެ.
އޭޑީކޭ އިން ވަނީ ނިޔާފުގެ ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އައިޖީއެމްއެޗްގެ ޓީމާ އެކު މިއަދު ފެށި އާ ދަތުރަށް މަރުހަބާ ކިޔާފައިވެ އެވެ.
އައިޖީއެމްއެޗުން ވެސް ވަނީ ޑރ. ނިޔާފަށް މަރުހަބާ ކިޔާ ޕޯސްޓެއް ކޮށްފަ އެވެ. އަދި އެ ހޮސްޕިޓަލްގެ ޓީމާ، ނިޔާފު ގުޅިވަޑައިގަތުމަކީ ހޮސްޕިޓަލަށް ލިބުނު ޝަރަފަކާއި ހިދުމަތަށް ލިބުނު ކުރިއެރުމެއްް ކަމަށް ސިފަ ކޮށްފައިވެ އެވެ.