އެމްޕީއެލްއާއި ޔޫއެން ޓްރޭޑުން ޕޯޓް ދާއިރާގެ ތަމްރީންތަކެއް ފަށައިފި

މި ކޯހުގައި މި އަހަރު ޖުމްލަ 20 ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން އެމްއެސްއެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ހިމެނެ އެވެ.

މޮޑާން ޕޯޓް މެނޭޖްމަންޓް ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އެމްޕީއެލް އާއި އިމިގްރޭޝަންގެ އިސްވެރިން

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ޔޫއެން ޓްރޭޑް އެންޑް ޑެވަލޮޕްމަންޓް (އަންކްޓަޑް) ގުޅިގެން ކުރިއަށް ގެންދާ "މޮޑާން ޕޯޓް މެނޭޖްމަންޓް" ފަށައިފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް އަދި ޑެޕިއުޓީ ކޮންޓުރޯލަރ އޮފް އިމިގްރޭޝަން އަހްމަދު އަޝްފާން ބައިވެރިވެވަޑައިގަތެވެ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ޗީފް ކޯޕަރޭޓް އޮފިސަރ އައިޝަތު ޝިމްލާ ވިދާޅުވީ މި ކޯހަކީ މެރިޓައިމް ޕޯޓްގެ ދާއިރާ އިން މީހުން ބިނާކުރުމަށް މުހިންމު ކޯހެއް ކަމަށެވެ. އަދި ތަޢުލީމާއި ތަމްރީނު ހާސިލްކުރުމުގައި އެމްޕީއެލްގެ ހުރިހާ މުވައްޒަފުންވެސް ގުޅިގެން، ކުރިއެރުން ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރިކަންވެސް އޮންނަންވާނީ ރަނގަޅު ގޮތުގައި. އަދި އަޅުގަނޑުމެން ޝާމިލްވާން އެންމެ ރަނގަޅު ވާދަވެރިކަމަކީ ޢިލްމު ހާސިލްކުރުމަށް. އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވަނީ މި ތަމްރީނުގައި ތިޔަ ބައިވެރިން ތި ތިބީ އެކަންޏެއް ނޫންކަން. އަޅުގަނޑުމެންވެސް މިތިބީ ތިޔަ ހުރިހާ ބައިވެރިންނާއެކު. ހަމައެކަނި އެއް ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ގޮތުގައެއް ނޫން. އެކަމަކު ގުޅިގެން، އުނގެނި ކުރިއެރުން ހޯދާ އާއިލާއެއްގެ ގޮތުގައި،" ޝިމްލާ ވިދާޅުވި އެވެ.

މިއީ އެމްޕީއެލް އާއި އަންކްޓަޑް ގުޅިގެން މި ކޯސް ރާއްޖޭގައި ކުރިއަށް ގެންދާ ތިން ވަނަ ފަހަރެވެ. މި ކޯހަކީ 18 މަސް ދުވަހުގެ ކޯހެކެވެ. ބްލޮކް މޯޑަށް ކުރިއަށް ގެންދާ މި ކޯހުގައި މި އަހަރު ޖުމްލަ 20 ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި އެމް.ޕީ.އެލްގެ މުވައްޒަފުންގެ އިތުރުން އެމް.އެސް.އެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ހިމެނެއެވެ.

މި ކޯހުގެ ފުރަތަމަ މޮޑިއުލްތައް ނަގައިދޭނީ އަންކްޓަޑްގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރ ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރ ޖޯ ހައިނީ އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.