ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއްގެ މަސައްކަތް ކުރިޔަށްދޭ: މިނިސްޓަރު

ވަކި އުސޫލެއްގެ ދަށުން ކޮންމެ މަހަކު ވެސް ހާއްސަ ކަލެކްޝަނަކާއެކު ފަތުރުވެރިންނަށް ނޭޝަނަލް އާޓް ކަލެކްޝަން ހުޅުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު

ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވަން މަސައްކަތް ކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ. 

"އަންވެއިލިން ވިޒަންސް 2024" މައުރަޒުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާ ކުރަން ސަރުކާރުގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އެ ޕްލޭންގައި ބައިނަލްއަގުވާމީ ފެންވަރަށް އާޓް ސްކޫލެއް ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތް ހިމަނައި އެކަން ހިނގާ ކަމަށެވެ. 

އެކަމާ ގުޅޭ މާ ގިނަ ތަފުސީލު ނުދެއްވާ މިނިސްޓަރު ހަމައެކަނި ވިދާޅުވީ އެ ދާއިރާގެ ތަޖުރިބާކާރުންނާއެކު މިހާރު މަސައްކަތް ކުރަނީ އެ މަސައްކަތުގެ އައުޓްލައިން ތައްޔާރުކުރަން ކަމަށެވެ. 

އެ ހަފުލާގައި މިނިސްޓަރު ވިދާޅުވީ އާޓް އެގްޒިބިޝަންތައް ނޯންނަ ނަމަ މިހާރު އާޓްގެލެރީ ބަންދު ކޮށްފައި ހުންނަ ހުރުން ނިމުމަކަށް ގެނެސް ދެއްވާނެ ކަމަށެވެ. އަދި ވަކި އުސޫލެއްގެ ދަށުން ކޮންމެ މަހަކުވެސް ހާއްސަ ކަލެކްޝަނަކާއެކު ފަތުރުވެރިންނަށް ނޭޝަނަލް އާޓް ކަލެކްޝަން ހުޅުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.