މަދު ބަޔަކު ވޯޓްލީ އިންތިހާބަކުން ބަލިވުމުން މާޔޫސް ވާންވީ ސަބަބެއް ނެތް، އޮތީ ކާމިޔާބުގެ ދުވަސްތައް: ފައްޔާޒު

ވިދާޅުވީ މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

މިއަދު އޮތް ފަސް ބައި އިލެކްޝަނުން އެމްޑީޕީ ބަލިވެފައި ވަނިކޮށް މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކައުންސިލުތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް -- ކޮންގްރެސް ޕާޓީން ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފަ އެވެ.

މިއަދު ޖުމްލަ ނުވަ ބައި އިލެކްޝަނެއް ބާއްވަން ނިންމާފައި އޮތެވެ. ނަމަވެސް އޮތީ ހަ ދާއިރާއެއްގެ ބައި އިލެކްޝަން އެވެ. އަނެއް ތިން ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނުޖެހުނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތި ލުމުންނެވެ.

މިއަދު އޮތީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމާއި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލަރަކު އިންތިހާބު ކުރުމެވެ. ދެން އޮތީ ފ. ބިލެތްދޫ ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމެވެ.

މިއަދު އޮތް އިންތިހާބު ގައި ފަސް ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. މި ކެންޑިޑޭޓުންނާއި ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެމްޑީޕީއަށް މުހިންމު މި އިންތިހާބު ބޯމަތިވެފައި ވަނިކޮށް ފައްޔާޒު އިސްވެ ހުންނަވާ "އެމްޑީޕީ މަގުޗާޓް" ދަތުރުތައް ފަށާ އައްޑޫއަށް ވަޑައިގަތެވެ. އިންތިހާބުގެ ނާކާމިޔާބާ އެކު އެތައް ބަޔަކު ދަނީ އެކަން ފާހަގަކުރަމުންނެވެ. އެއް ބަޔަކު ދަނީ ފައްޔާޒުގެ އިސްތިއުފާއަށް ވެސް ގޮވާލަމުންނެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ކައުންސިލް ބައިއިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.

"ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވިއިރު މިއަދުގެ އިންތިހާބުގައި މާލޭން ވޯޓްލާން ނިކުތް މީހުންގެ އަދަދު ދަށެވެ. ވޯޓްނުލާ މީހުންގެ އިންސައްތަ ހުރީ 73 ޕަސެންޓްގަ އެވެ. ނަމަވެސް އެމްޑީޕީ ބަލިވީ ވޯޓްލީ މީހުންގެ ބޮޑު ތަފާތަކުންނެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވެ އެ ޕާޓީގެ ވެރިިކަން ނިމުމަކަށް އައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އިދިކޮޅު އެމްޑީޕީއަށް އެ އިންތިހާބުން ލިބުނީ ބޮޑު ނާކާމިޔާބީ އެކެވެ. މިއީ އެ ޕާޓީގެ ތާރީހު ގައި ވެސް އެންމެ ނާކާމިޔާބު މަޖިލީސް އިންތިހާބެވެ.

މި ފަހަރު އެ ޕާޓީއަށް ލިބުނީ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 12 ގޮނޑި އެވެ.

އެއާއެކު ވެސް ފައްޔާޒާ އެމްޑީޕީގެ ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވާލާ އަޑުގަދަވި އެވެ. ނަމަވެސް ފައްޔާޒާ ޝާހިދު ވިދާޅުވީ އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.