ކުޅުދުއްފުށި ގޮނޑިއާ ބިލެތްދޫ ރައީސްގެ ގޮނޑި ވެސް ކޮންގްރެސްއަށް

ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކައުންސިލަރަށް ހުންނެވި މުހައްމަދު ދާއޫދު މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓާއި ބިލެތްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި ކެންޑިޑޭޓް

ކުޅުދުއްފުށި އުތުރު ދާއިރާއަށް ކައުންސިލަރަކު އިންތިހާބު ކުުރުމާއި ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ހޯދައިފި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކައުންސިލަރަށް ހުންނެވި މުހައްމަދު ދާއޫދު މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ. މިއަދު އޮތް އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް އަހްމަދު އެވެ.

އިބްރާހިމްއާ ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހްމަދު އަސްލަމް މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ. މިއީ ބިލެތްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ދާއިރާގެ ގޮނޑި ފުރާ ފުރަތަމަ ފަހަރެވެ.

މިއަދު އޮތް އިންތިހާބު ކާމިޔާބުކޮށް ބިލެތްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އަރީޝް އިސްމާއީލް އެވެ.

ކުޅުދުއްފުށީ އުތުރާއި ބިލެތްދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުން މިއަދު މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުންވެސް އޮތެވެ. މިއަދު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް އޮތް އިންތިހާބު ގައި ވޯޓް ނެގީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމަށެވެ.

ވާދަވެރި ބައި އިލެކްޝަން ގައި ވާދަކުރީ އެމްޑީޕީއާ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. ކޮންގްރެސްގެ ތިން ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. އެއީ؛

  •  ފާތިމަތު ޝައުފާ ސަލީމް - ހެންވޭރު ހުޅަނގު
  •  ފާތިމަތު އިޝާން އަލީ - މައްޗަންގޮޅި މެދު
  •  އަލީ އައިމަން - ހުޅުމާލެ

މާލެ ސިޓީ ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ވަޑައިގެންފަ އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު ވެސް ވަނީ ބާރަށު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ.

ޅ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވީ ޔާސީން އަބްދުﷲ ވަނީ ނައިފަރު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ. ސަރުކާރު ހިންގާ ކޮންގްރެސްއަށް ނިސްބަތްވާ ޔާސީން އިންތިހާބު ގައި ވާދަ ކުރައްވާ ގޮނޑި ހޯއްދެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ހުވާ ކުރެއްވުމުގެ ކުރީން ކޮންގްރެސް ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަނަށް ވެސް ހުޅުވާލި އެވެ. އިންތިހާބު ބޭއްވުމަށް ނިންމީ މިއަދު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވީއިރު ކުރިމަތިލީ އިންތިހާބު ކުރަން ޖެހޭ އަދަދަށް އެންމެ މީހެއް ކަމަށެވެ. އެއީ ކޮންގްރެސްގެ ޕާޓީގެ ޓިކެޓް ގައި ކުރިިމަތިލި ޅ. ނައިފަރު މުނިމާގެ މުހައްމަދު ސަނީ އެވެ.

މިއީ ކޮންގްރެސްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.