އިސްރާއީލުގެ އާބާދުކުރުމުގެ ޣައިރު ގާނޫނީ ސިޔާސަތު ނިމުމަކަށް ގެންނަން ގޮވާލައްވައިފި

އިސްރާއީލުން ގެންގުޅޭ އާބާދުކުރުމުގެ ޣައިރު ގާނޫނީ ސިޔާސަތު މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށާއި، އިސްރާއީލުގެ ނާޖާއިޒު މަންފާނެގުމާއި ތަފާތުކުރުމުގެ ސިޔާސަތުތަކުގެ ސަބަަބުން ގެއްލުން ލިބުނު ފަލަސްތީނު ރައްޔިތުންނަށް ގޮވައިލެއްވި

ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ރިޔާސަތު ގައި

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނު ބިންތަކުގައި ޔަހޫދީން އާބާދުކުރުމުގެ ޣައިރު ގާނޫނީ ސިޔާސަތު ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. 

އިސްރާއީލުން ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އިސްތިއުމާރުކޮށްފައި އޮންނަ މައްސަލާގައި ބައިނަލްއަގުވާމީ އަދުލުގެ ކޯޓުން އިއްޔެ ނެރުނު އެޑްވަައިޒަރީ އޮޕީނިއަނާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ އެ ރައުޔައަށް މަރުހަބާ ވިދާޅުވެފަ އެވެ. 

ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އިސްތިއުމާރުކޮށްފައި އޮތް އޮތުމާއި އެތަންތަނުގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތާމެދު އައިސީޖޭއިން ނެރުނު އެޑްވަައިޒަރީ އޮޕީނިއަނުގައި ބުނެފައިވަނީ އެ ބިންތައް އިސްތިއުމާރުކޮށްފައި އޮތީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމަށެވެ. 

އަދި އެތަންތަނުގައި އިސްރާއީލުން ހިންގަމުންދާ ފަލަސްތީނު މީހުން ގެދޮރުން ބޭރުކޮށް އެތަންތަނުގައި ޔަހޫދީން އާބާދުކުރުމުގެ ސިޔާސަތަކީވެސް ބައިނަލްއަގުވާމީ މުއާހަދާތަކާ ފުށުއަރާ ސިޔާސަތެއްގެ ގޮތުގައި އެ ރަައުޔުގައި ސިފަކުރި އެވެ. 

ރައީސް ވިދާޅުވެފައިވަނީ އިސްތިއުމާރުކޮށްފައިވާ ފަލަސްތީނު ބިންތަކުގައި އިސްރާއީލު އޮތުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފުކަމެއްގެ ގޮތުގައި ކޯޓުން ބަލައިގަތުމަކީ، އަމިއްލަ މުސްތަގުބަލު ކަނޑައަޅައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ އުންމީދުތަކަށް އިތުރު ބާރެއް ލިބުނު ކަމެއް ކަމަށެވެ. 

އަދި އިސްރާއީލުން ގެންގުޅޭ އާބާދުކުރުމުގެ ޣައިރު ގާނޫނީ ސިޔާސަތު މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށް ގޮވާލައްވައި އިސްރާއީލުން ގެންގުޅޭ ނާޖާއިޒު މަންފާނެގުމާއި ތަފާތުކުރުމުގެ ސިޔާސަތުތަކުގެ ސަބަަބުން ގެއްލުން ލިބުނު ފަލަސްތީނު ރައްޔިތުންނަށް ބަދަލުދިނުމަށްވެސް އެމަނިކުފާނު ގޮވައިލެއްވި އެވެ. 

ރައީސް ވިދާޅުވީ އައިސީޖޭގެ ނިންމުމާއެކު 1976 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވޭ، އިރުމަތީ ގުދުސްގައި ވެރިރަށް އޮންނަ މުސްތަގިއްލު މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުވުމަށް ދިވެހިރާއްޖެއިން ކުރާ  އުންމީދު އައުވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.