ވެމްކޯގެ ހިދުމަތްތައް ކުޅުދުއްފުށީގައި ފަށައިފި

ރާއްޖޭގައި ކުނި މެނޭޖް ކުރަން ހުރި ދަތިތަަކަށާއި ރާއްޖޭގައި ކުނި މެނޭޖް ކުރަމުން ދިޔަ ގޮތަށް އަލި އަޅުއްވާލައްވާފަ އެވެ.

ވެމްކޯއިން ކުޅުދުއްފުށި ސިޓީގައި ޚިދުމަތްތައް ދޭން ފަށައިފި އެވެ.

ވެމްކޯގެ ޚިދުމަތްތައް އެ ސިޓީގައި ފަށާފައިވަނީ ސިޓީގެ އަފީފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ހަފްލާގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ރައްޔިތުން މަޖިލިސްގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ވަޒީރު ވަނީ ރާއްޖޭގައި ކުނި މެނޭޖް ކުރަން ހުރި ދަތިތަަކަށާއި ރާއްޖޭގައި ކުނި މެނޭޖް ކުރަމުން ދިޔަ ގޮތަށް އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން، ވަސީލަތް މަދު ކަމާއި، ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ޚަރަދުކުޑަގޮތެެއްގައި އެ މަސައްކަތްކުރުމަށް ހުރި ގޮންޖެހުމަށްވެސް ވަޒީރު ބައްލަވާލެއްވި އެވެ.

އަދި، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު މިހާރު ވަނީ ލޯންޗް ކުރެވިފައި ކަމަށާއި މާސްޓަރ ޕްލޭނެއްގެ ދަށުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.