އިއްޔެ ވެސް ކޭއެފްސީ އާއި އެތަނާ ކައިރީ ހުންނަ ޕިއްޒާ ހަޓާ ދެކޮޅަށް ބަޔަކު އެއްވެ، އަޑު އުފުލާ މުޒާހަރާ ކުރި އެވެ. އެ ދެ ތަނާ ދެކޮޅު ހަދައި އަޑު އުފުލަނީ އެއީ އިޒްރޭލަށް ފަންޑުކުރާ ތަންތަން ކަމަށް ބުނެ އެވެ.
މާލޭގައި ހިންގާ މަޝްހޫރު ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިތަކުން ބައެއް ބިއްލޫރިތައް ތަޅާލައި ގެއްލުން ދީފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެތާނގެ ބިއްލޫރިތައް ތަޅާލާފައި ވަނީ ރޭ ފަތިހު 4:30 އެހާކަންހާއިރު ގާބުރިއަކުން ޖަހައިގެން ކަމަށެވެ.
މޭލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުންނަނީ އަމީނީ މަގުގަ އެވެ. އެތާނގެ ބިއްލޫރިތައް ތަޅައިލާ ގެންލުން ދިން އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ރޭ މި ހަމަލާ ދިން އިރު މިދިއަ ހަފުތާގެ ތެރޭގައި ވެސް ކޭއެފްސީގެ ބިއްލޫރިތައް ތަޅާލި އެވެ. އެ ފަހަރުވެސް މީހަކު ހައްޔަރު ކުރިކަން ސާފުވެފައެއް ނުވެއެވެ.
މީގެ އިތުރުން ކޭއެފްސީ ހިންގާ އިމާރާތަށް ދޭތެރެ ދޭތެރެއިން ކަޅުތެޔޮ ވެސް ޖަހަ އެވެ.